ޕެންޝަނާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް ރިސަރޗް ދާއިރާގައި ޕެންޝަން އޮފީހާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން މަސައްކަތް ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި މި ފަހުމުނާމާފައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ. ޕެންޝަން އެޑްމިނިސްޓްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުޖާތާ ސަލީމެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ޑރ. ޝެހެނާޒު ދަރިވަރު ނޫހަށް ވިދާޅުވީ، ޕެންޝަން އޮފީހަށް ބޭނުންވާ އުޞޫލުތަކާއި ޤަވާއިދުތައް އެކުލަވާލުމަށް ޤައުމީ ޔުނިވަރސިޓީ ހަދާ ދިރާސާތައް މުހިންމު ރޯލެއް އަދާކުރާނެ ކަމަށެވެ. އަދި ފައިނޭންޝަން ލިޓްރަސީއަށް މީހުން ހޭލުންތެރިކުރުވުމަށް ދެ ފަރާތުން ގުޅިގެން ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށެވެ.
"މި އެއްބަސްވުމާއެކު ދެ ފަރާތުން ޓޭޑާތައް ހިއްސާކޮށް ޕްރޮޖެކްޓް ޕްރޮޕޯސަލް އެކުލަވާލާނީ. އެ މަސައްކަތް ކުރިއަަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.
advertisment
ހިޔާލު