ވިލާ ކޮލެޖްގެ ހިތަދޫ ކެމްޕަސް އިފްތިތާޙްކޮށްފި

ވިލާ ކޮލެޖްގެ ހިތަދޫ ކެމްޕަސް އިފްތިތާޙްކޮށްފިއެވެ. ރާއްޖޭގައި އަމިއްލަ ފަރާތަކުން އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ކޮލެޖްގެ ހިތަދޫ ކެމްޕަސް ހުޅުވައިދެއްވީ މިއަދު އައްޑޫ ސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް، ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރ ޑރ. މަރްޔަމް މާރިޔާގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރ، ޢަލީ ނިޒާރު، ވިލާ ކޮލެޖްގެ ރެކްޓަރ، ޑރ.އަޙްމަދު އަންވަރު އަދި އެކި އިދާރާތަކުގެ އިސްބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ވިލާ ކޮލެޖްގެ މި ކެމްޕަހަކީ މަތީ ތަޢުލީމުގެ ދާއިރާގައި ބޭނުންކުރާ އެންމެ ޒަމާނީ އަގުހުރި ވަސީލަތްތަކާއިއެކު ޤާޢިމުކުރާ، 25 މިލިއަން ރުފިޔާ ޚަރުދުކުރެވޭ ބޮޑު އިންވެސްޓްމެންޓެކެވެ. މީގެ އިތުރުން، މި ކެމްޕަހުގައި، ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އަތޮޅުތަކުގައި މިފަދަ މަތީ ތަޢުލީމު ފޯރުކޮއްދޭ ކެމްޕަސްތައް ޤާއިމްވެގެން ދިޔުމަކީ ރާއްޖޭގެ މަތީ ތަޢުލީމް އަތޮޅުތަކަށް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅަށް ލިބިގެންދިޔަ ކުރިއެރުމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *