މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތް: އެއްވަނަ އިހަވަންދޫ ސްކޫލާއި ޖަމާލުއްދީނާއި އަހްމަދިއްޔާއަށް

އެއްވަނަ ދަރިވަރުންނަށް އަޙްމަދިއްޔާގެ ޝުޢާއު އާއި ޣާޒީ ސްކޫލުގެ މަލާކް އަދި ޝަރަފުއްދީން ސްކޫލުގެ ޒަކާއު

ރޭ ނަތީޖާ ފާޅުކުރެވުނު މަޒުމޫނު ލިޔުމުގެ 39ވަނަ ގައުމީ މުބާރާތުގެ މަތީ ސާނަވީ ގިންތިން 1ވަނަ ހޯދީ އަޙުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރު ޝުޢާއު އިސްމާޢީލް ޝާންއެވެ. 2ވަނަ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރު ރިފްޤާ ޢަހްމަދު މުޢާޛް ހޯދި އިރު 3ވަނަ ހާސިލުކުރީ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރު ނަމިރާ އަޙުމަދު ސަޢީދެވެ. މަޒުމޫނު ލިޔުމުގެ މުބާރާތުން އަމިއްލަ ފަރާތްތަކުގެ 18އަހަރުން ދަށުގެ ބައިން 1ވަނަ ހާސިލުކުރީ މ. ސަމޭދާން، ޙައްވާ ޒާއިން ޒަމީލެވެ. 2ވަނަ މ.ޓައިޑް، އާމިނަތު ޒީކް ޝަމީން ހޯދި އިރު 3ވަނަ ހޯދީ މ. މުލީ، ބުލްބުލާގޭ ޢަބްދުﷲ ނަސީމް ޢަބްދުލްމަތީނެވެ. މަޒުމޫނު ލިޔުމުގެ މުބާރާތުން އަމިއްލަ ފަރާތްތަކުގެ 18އަހަރުން މަތީގެ ބައިން 1ވަނަ ހާސިލުކުރީ ގއ.ދާންދޫ، ފްލޮރެންސް ޝިމްލާ އާދަމެވެ. 2ވަނަ ތ. ހިރިލަންދޫ، އާކާސް، ޢަބްދުﷲ ޛައިދު ހޯދި އިރު 3ވަނަ ހޯދީ ށ.މިލަންދޫ، އީގަލްނެސްޓް، އަޙުމަދު މުންސިފެވެ.

މަޒުމޫނު ލިޔުމުގެ 39ވަނަ ގައުމީ މުބާރާތުގެ ދަށު ސާނަވީ ގިންތިން 1ވަނަ ސްކޫލަކަށް ހޮވުނީ އިހަވަންދޫ ސްކޫލެވެ. މަޒުމޫނު ލިޔުމުގެ މުބާރާތުން ސާނަވީ ގިންތިން 1ވަނަ ޖަމާލުއްދީން ސްކޫލުން ހޯދި އިރު މަތީ ސާނަވީ ގިންތިން 1ވަނަ ހޯދީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތުގެ ދަށު ސާނަވީ ގިންތިން 2 ވަނަ ސްކޫލަކަށް ހޮވުނީ ޣާޒީ ސްކޫލެވެ. މަޒުމޫނު ލިޔުމުގެ މުބާރާތުގެ ސާނަވީ ގިންތިން 2ވަނަ ސްކޫލަކަށް ޞަލާހުއްދީން ސްކޫލު ހޮވުނު އިރު މަތީ ސާނަވީ ގިންތިން 2ވަނަ ސްކޫލަކަށް ހޮވުނީ އިހަވަންދޫ ސްކޫލެވެ. މަޒުމޫނު ލިޔުމުގެ މުބާރާތުން ދަށު ސާނަވީ ގިންތިން 3 ވަނަ ސްކޫލަކަށް ހޮވުނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. ސާނަވީ ގިންތި، 3 ވަނަ އިސްކޫލަކަށް ހއ. ހޯރަފުށީ، ހއ.އަތޮޅު މަދަރުސާ ހޮވުނު އިރު  މަތީ ސާނަވީ ގިންތި 3 ވަނަ އިސްކޫލަކަށް ހޮވުނީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލެވެ.

މަޒުމޫނު ލިޔުމުގެ މުބާރާތުގެ ވަނަތައް:
ދަށު ސާނަވީ ގިންތި:

އެއްވަނަ: ޢާއިޝަތު ޒަކާއު ވަޞީފު- ޝަރަފުއްދީން ސްކޫލް

ދެވަނަ: އާމިނަތު ޒާރާ ސަމީރު- ބ. އަތޮޅު ތަޢުލީމީ މަރުކަޒު

ތިންވަނަ: އާމިނަތު ޖަވްދާ ޢަބްދުލް ފައްތާޙް- އިސްކަންދަރު ސްކޫލް

ސާނަވީ ގިންތި:

އެއްވަނަ: ޢާއިޝަތު މަލާކް ޤުޞައްޔު- ޣާޒީ ސްކޫލް

ދެވަނަ: ފާތިމަތު ސާރާ ނަޛީރު- ޖަމާލުއްދީން ސްކޫލް

ތިންވަނަ: މުއައްޔަދު މަބާޙް މުޙައްމަދު- އަރަބިއްޔާ ސްކޫލް

މަތީ ސާނަވީ ގިންތި:

އެއްވަނަ: ޝުޢާޢު އިސްމާޢީލް ޝާން- އަޙްމަދިއްޔާ ސްކޫލް

ދެވަނަ: ރިފްޤާ އަޙްމަދު މުޢާޛު- ވީއައިއެޗްއެސް

ތިންވަނަ: ނަމީރާ އަޙްމަދު ސަމީރު- އަރަބިއްޔާ ސްކޫލް

މި އަހަރުގެ އަދަބީ އެކި މުބާރާތްތަކުގައި 100އަށް ވުރެ ގިނަ ސްކޫލުން ބައވެރިވެފައިވާ އިރު 2000ށް ވުރެ ގިނަ ދަރިވަރުން މުބާރާތްތަކުގައި ވާދަކޮށްފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *