ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި އަލިފާން ރޯވުމާ ގުޅިގެން ދުމުގެ އަސަރު ކޮށްފާނެތީ، އެ ސަރަހައްދުގައި ހުރި ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށްފިއެވެ.
ކިޔެވުން މެދުކަނޑާލި ސްކޫލްތަކުގެ ތެރޭގައި ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލާއި ޣިޔާޘުއްދީން ސްކޫލާއި ފަލާހް ޕްރީ ސްކޫލް ހިމެނެއެވެ.
ތާޖުންދީނު ސްކޫލުގެ އިސްބޭފުޅަކު ވިދާޅުވީ، ޑިޒާސްޓަރ އެއްގައި ކަންތައްތަ ކުރާނެ ގޮތުގެ އެސްއޯޕީގައި ބުނެފައިވާ ގޮތަށް، ދުމުގެ އަސަރު އެއްވެސް ކުއްޖަކަށް ކޮށްފާނެ ކަމަށް ބަލައި އެ ފިޔވަޅު އެޅުއްވީ ކަމަށެވެ.
" ހެނދުނުގެ ދަންފަޅީގައި ކިޔަވާ ގުރޭޑް 6ން މަތީގެ ހުރިހާ ދަރިވަރުން އަޅުގަނޑުމެން ވާނީ މިހާރު ގެއަށް ފޮނުވާލާފައި"
އަލިފާނުގެ މި ހާދިސާގައި މިހާތަނަށް އަދި މީހަކަށް އަނިޔާއެއްވި ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައެއް ނުވެއެވެ. އަލިފާން ރޯވި އިމާރާތާ އިންވެގެން ޖ ހައުސިންގެ އިތުރުން އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އެންވަޔަރްމަންޓް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ އޮފީހެއް ވެސް ހުރެއެވެ.
އަލިފާން ކޮންޓްރޯލް ކުރެވުނު ކަމަށް އެމްއެންޑީއެފުން ބުނެފައިވާއިރު، ބޯކޮން ދުން އަރަމުންދެއެވެ.
advertisment
ހިޔާލު