ރޯދަމަހު މިސްކިތްތަކުގައި ހިފްޒުކޮށް، އިމާމުވެ ތަރާވީހް ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދަނީ އިސްލާމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ، މާލޭސިޓީގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ދިވެހި ޙާފިޡުން ކަނޑައެޅިފައިވާ ފޯމު ("ދިވެހި ޙާފިޡުން އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފޯމް") ފުރިހަމަކޮށް ލިޔުންތަކާއެކު އަންނަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އެ މިނިސްޓްރީ އަށް ހުށައެޅުމަށެވެ. އަދި ރަށްރަށުގެ މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ދިވެހި ޙާފިޡުން ކަނޑައެޅިފައިވާ ފޯމާއި ލިޔުންތަކާއެކު ފެބުރުވަރީ މަހުގެ ހަ ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށައަޅާނީ، ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އަދި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާ އަށް ކަމުގައި އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނީ، ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާ އިން ފޯމާއި އެހެނިހެން ލިޔުންތައް މި މިނިނިސްޓްރީ އަށް ހުށައަޅާނީ އަންނަ ފެބުރުވަރީ މަހުގެ 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކަމަށެވެ. އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާ ތަކުންނާއި އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
advertisment
ހިޔާލު