ޓޮޕް އެޗީވަރސްއަށް ހޮވުނު 14 ދަރިވަރުންގެ ތެރޭގައި ވިލާ ކޮލެޖުގެ ހަތް ދަރިވަރުން، އެމްއެންޔޫގެ ފަސް ދަރިވަރުން
ދިވެހިރާއްޖޭގެ ބާ ކައުންސިލުން މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ބާ އިމްތިޙާނުގައި 183 ފަރާތުން ބައިވެރިވިއިރު، ޤާނޫނީ ދާއިރާއަށް ވަނުމަށް ބޭނުންވާ މިނިމަމް ކޮމްޕިޓެންސީ ތްރެޝްހޯލްޑް ހާޞިލްކޮށް، އިމްތިޙާނުން ފާސްވެފައިވަނީ ބައިވެރިވި ފަރާތްތަކުގެ 57 އިންސައްތައެވެ.
ބާ ކައުންސިލުގެ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފެށިކަން އާންމުކޮށް އިޢުލާންކޮށް، އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ 85 އިންސައްތަ އަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ލޯ ޑިގްރީ ޙާޞިލްކޮށްގެން އެ އިމްތިޙާނުގައި ބައިވެރިވި ފަރާތްތައް ކަމަށައި 15 އިންސައްތަ އަކީ ބޭރުގެ ޔުނިވަރސިޓީތަކުން ތައުލީމު ޙާޞިލްކޮށްފައިވާ ފަރާތްތައް ކަމަށެވެ.
އެ ޔުނިވަރސިޓީން ބުނީ، އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ބޭއްވި އިމްތިޙާނުން، 14 ދަރިވަރުން އެންމެ މަތީ ދަރަޖަ ހާޞިލްކޮށްފައިވާ ކަމަށެވެ.
2024 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ ޓޮޕް އެޗީވަރސް
ޢަލީ ޖަޒީލް އަޙްމަދު- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
އީޝާ ޢާދިލް ނަސީމް – އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ޙަމްދާ އަބްދުއްރަޙްމާން- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ޙައްވާ ޝިއުނާ – ވިލާ ކޮލެޖް
އިބްރާހިމް ޝަރަފް ތައުފީޤު- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
މަރްޔަމް ނުހާ- ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑް ( ވިލާ ކޮލެޖް)
އަޙްމަދު އިބްރާހިމް- ވިލާ ކޮލެޖް
މަރްޔަމް ސަނާ- ވިލާ ކޮލެޖް
ޝާއިރާ ޢަލީ- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
އަބްދުﷲ ޖާބިރު- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
އަޙްމަދު ޣައްސާން އިބްރާހީމް – ވިލާ ކޮލެޖް
އަޙްނަފު މުޙައްމަދު- ވިލާ ކޮލެޖް
ފާޠިމަތު ރީއަތު ޝަމީޒް- ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަން
އިބްރާހިމް ހަޒުމް- ވިލާ ކޮލެޖް
ބާ ކައުންސިލުން ބުނީ، ބާ އިމްތިޙާނަކީ ޤާނޫނީ ފަންނު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޤާނޫނީ ފަންނާ އަލަށް ގުޅޭ ފަރާތްތަކަކީ ޤާނޫނީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޤާބިލު ބައެއްކަން ކަށަވަރު ކުރުމުގެ ބޭނުމުގައި ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބާއްވާ އިމްތިހާނެއް ކަމަށެވެ. މި އިމްތިޙާނުގައި ހަ ދާއިރާއަކުން ބައިވެރިންގެ ކިބައިގައި ޤާނޫނީ ދާއިރާއަށް ވަނުމަށް ބޭނުންވާ ޢިލްމާއި ހުނަރު ހުރި މިންވަރު ވަޒަން ކުރެވިގެންދާނެ ކަމަށެވެ. އިމްތިޙާނު ކުރެވޭ ދާއިރާތަކަކީ ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސްއާއި ކުރިމިނަލް ލޯ އެންޑް ޕްރޮސީޖަރއާއި ލޭންޑް ލޯ އެންޑް ޕްރެކްޓިސްއާއި ކޮންސްޓީޓިޔުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯއާއި ޓޯޓް ލޯ އަދި މޯލްޑިވިއަން ލީގަލް ސިސްޓަމެވެ.
advertisment
ހިޔާލު