ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގަމު ކެމްޕަހުން ހިންގާ ނިކަމި ކަމުހެ ކޯހުގެ ބައިވެރިން ލ. ގަމު ކައުންސިލުން ސްޕޮންސަރ ކޮށްފިއެވެ.
މި މަހުގެ 12 ވަނަ ދުވަހު ފަށާ މި ކޯހަށް ފޯމް ހުށައަޅަން ޖެހެނީ މާދަމާ 14:00 ގެ ކުރިންނެވެ.
ރަޖިސްޓްރޭޝަންގެ ފީގެ ގޮތުގައި 300 ރުފިޔާ ދައްކަން ޖެހޭއިރު، މި ކޯހުން ދެނީ 30 ޖާގައެވެ.
ގަމު ކައުންސިލުން ބުނެފައި ވަނީ، ކޯސް ފީގެ ގޮތުގައި ކޮންމެ ފަރާތަކަށް ދައްކަން ޖެހޭ 1000 ރުފިޔާ އެ ކައުންސިލުގެ ސްޕޮންސަރގެ ދަށުން ދޭނެ ކަމަށެވެ.
ނިޔެމި ކަމުގެ ސެޓްފިކެޓް ލެވެލް ދޭއްގެ މި ކޯސް ނިންމުމުން ރާއްޖޭގެ ސަރަޙައްދުގެ ކެޓަގަރީ ބީ، ސީ އަދި ޑީގައި ދަތުރުކުރާ ކަނޑު އުޅަނދު ފަހަރުގެ ކެޕްޓަން ކަމުގެ ލައިސަންސް ނެގެމަށް ފުރުޞަތު ލިބޭނެ ކަމަށް ގަމު ކައިންސިލުން ބުނެއެވެ.
advertisment
ހިޔާލު