ދެވަނަ ޓާމުގައި އެމްއެންޔޫއިން ކިޔަވަން ފެށި 11 ދަރިވަރުންނަށް ސްކޮލަރޝިޕް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއިން 2024 ވަނަ އަހަރުގެ ދެވަނަ ޓާރމުގައި ހުޅުވާލި ސްކޮލަރޝިޕް ސްކީމްގެ ދަށުން ދެވަނަ ޓާމްގައި އަލަށް ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް 3 ގިންތިއަކުން މިއަދު ވަނީ ސްކޮލަރޝިޕް ހަވާލުކޮށްފައެވެ. މި ސްކީމްގައި ހިމެނެނީ ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕާއި އަންޑަރގްރެޖުއޭޓް ސްކޮލަރޝިޕުގެ އިތުރުން ޕޯސްޓް ގްރެޖުއޭޓް ސްކޮލަރޝިޕެވެ.

24 ފުރުޞަތު ހިމެނޭ މި ސްކީމްގެ ދަށުން މިއަދު ސްކޮލަރޝިޕް ޙާޞިލްކޮށްފައި ވަނީ ތިން ގިންތިއަކުން މެރިޓް އުސޫލުން 10 ދަރިވަރުންނަށެވެ. އަދި މީގެ އިތުރުން ޝަހީދު އެވޯޑް ސްކީމްގެ ދަށުން އެއް ދަރިވަރަކު ވަނީ ސްކޮލަރޝިޕް ހާސިލް ކޮށްފައެވެ.

މި ސެމިސްޓަރގައި ހުޅުވާލި ޓިއުޝަންފީ ހިލޭ ސްކޮލަރޝިޕް ސްކީމްގެ 20 ފުރުޞަތަށް އެދި 51 ދަރިވަރަކު ކުރިމަތިލިއެވެ. އަންޑަރގްރެޖުއޭޓް ފުލް ސްކޮލަރޝިޕް ސްކީމްގެ ދަށުން ހުޅުވާލި 2 ފުރުޞަތަށް އެދި 33 ދަރިވަރަކު ވަނީ ހުށައަޅާފައެވެ.

ޕޯސްޓް ގްރެޖުއޭޓް ފުލް ސްކޮލަރޝިޕް ސްކީމްގެ ދަށުން ހުޅުވާލި 2 ފުރުޞަތަށް އެދި 15 ދަރިވަރަކު ވަނީ ހުށައަޅާފައެވެ. ޝަހީދު އެވޯޑް ސްކީމްގެ ދަށުން ހުޅުވާލި 4 ފުރުޞަތަށް އެދި 03 ދަރިވަރަކު ވަނީ ހުށައަޅާފައެވެ.

ޔުނިވަރސިޓީގެ ދަރިވަރުންގެ ސްކޮލަރޝިޕަކީ ޔުނިވަރސިޓީ ކައުންސިލުން އިން ތަޢާރުފުކޮށްފައިވާ ތަޢުލީމު އިޙްތިފާލު ކުރުމާއި ތޫނުފިލިކަން ހުރެ މަތީ ފެންވަރަށް ކިޔެވުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދެވޭ ސްކޮލަރޝިޕެކެވެ.

ޔުނިވަރސިޓީ ސްކޮލަރޝިޕް ސްކީމް އަކީ ޔުނިވަރސިޓީ ކައުންސިލުން އިން ތަޢާރުފުކުރާ ސްކީމެކެވެ. މި ސްކޮލަރޝިޕް ސްކީމްގެ ޚަރަދު ހަމަޖައްސަނީ ޔުނިވަރސިޓީ އަށް ލިބޭ އާމްދަނީ އިންނެވެ.

ޝަހީދު އެވޯރޑަކީ 3 ނޮވެމްބަރ ،1988 ގައި ޝަހީދުވި ޝަހީދުންގެ ޛިކުރާ އާކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1999 ން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ 4 ފެކަލްޓީގައި ހިންގާ އެންމެ މަތީ ފެންވަރުގެ ކޯހުގެ ތެރެއިން ފުރަތަމަ ސެމެސްޓަރގައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *