ދެވަނަ އަޙްމަދިއްޔާއަށް ތިންވަނަ ޖަލާލުއްދީނަށް
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން މަތީ ސާނަވީގައި ބިޒްނަސް ކިޔަވާ ދަރިވަރުންނަށް ބޭއްވި "ދަ ޕިޗް" މުބާރާތުން އެއްވަނަ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ ހުޅުމާލެ) އިން ހޯދައިފިއެވެ.
މި މުބާރާތުން ދެވަނަ ހޯދީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. ތިން ވަނަ ހޯދީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުންނެވެ.
މި މުބާރާތުން އެއްވަނައަށް އައި ޓީމަށް ދެނީ 10،000 ރުފިޔާއެވެ. ދެވަނަ ޓީމަށް ދެނީ 7500 ރުފިޔާއެވެ. ތިން ވަނައަށް އައި ޓީމަށް ދެނީ 5000 ރުފިޔާއެވެ.
މިއަދު ބޭއްވި "ދަ ޕިޗްގައި" ފަސް ސްކޫލަކުން ބައިވެރިވެފައިވއެވެ. އެއީ:
- ޖަލާލުއްދީން ސްކޫލް
- ޅ. އަތޮޅު ތަޢުލީމީ މަރުކަޒު
- އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
- ސީއެޗްއެސްއީ މާލެ
- ސީއެޗްއެސްއީ ހުޅުމާލެ
ޖަލާލުއްދީނާއި ޅ. އަތޮޅު ތަޢުލީމީ މަރުކަޒުން ދެ ޓީމް ބައިވެރިވެފައިވެއެވެ.
"ދަ ޕިޗް" އަކީ ވިޔަފާރިއެއް ފަށަން ބޭނުންވާ ދަރިވަރުންގެ ޚިޔާލާއި ހުނަރު ހުށައަޅައި ދިނުމަށް ކުރިއަށް ގެންދިޔަ ޕްލެޓްފޯމެކެވެ. ދަރިވަރުންގެ އުފެއްދުންތެރި ޚިޔާލުތައް ހިމަނައިގެން ހުށައެޅި ޕްރޮޕޯސަލް ތަކަށް މާކްސް ދިނުމުގެ އިތުރުން އެ ޕްރޮޕޯސަލްތަކަށް ޖަޖުން ވަނީ ކޮމެންޓް ކޮށްފައެވެ.
"ދަ ޕިޗް" ކުރިއަށް ގެންދިޔައިރު ވިޔަފާރިއާއި ވަޒީފާގެ މާހައުލާ ގުޅުން ހުރި ޕެނަލް ޑިސްކަޝަންތަކެއް ވެސް ކުރިއަށް ގެންދިޔައެވެ.
އިސްލާމިކް ޔުނިވަރސިޓީން ބުނީ "ދަ ޕިޗް" އަކީ ކާމިޔާބު ހަރަކާތެއް ކަމަށާއި ދަރިވަރުންގެ އުފެއްދުންތެރިކަން ވެސް ރަނގަޅު ކަމަށެވެ.
advertisment
ހިޔާލު