މިއަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގައި ކެމިސްޓްރީން އޭ ސްޓަރ ހޯދި އުމުރުން ދިހަ އަހަރުގެ ރަޔާން ރިޔާޒު އަބްދުލް ވާހިދަށް ފުލުހުންގެ ފޮރިންސިކް ދައްކާލައިފިއެވެ.

ފުލުހުންގެ ފަރާތުން ރަޔާނަށް ހޫނު މަރުޙަބާއެއް ކިޔުމާއެކު، ފޮރެންސިކް ލެބްގެ ފޮރެންސިކް އެކްސްޕާޓަކާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ. ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގެ ގުރޭޑް ފަހެއްގައި މިހާރު ކިޔަވަމުން ގެންދާ ރަޔާން އޯލެވެލްގައި ބައިވެރިވީ އަމިއްލަ ގޮތުންނެވެ. މިއީ އޯލެވެލްގައި މިހާ ހަގުކުއްޖެއް ރާއްޖެއިން ބައިވެރިވެ ކެމިސްޓްރީން އެއްވަނަ ހޯދި ފުރަތަމަ ފަހަރެވެ.
ރަޔާންގެ ކާމިޔާބީ ފާހަގަކޮށް ފުލުހުންގެ ލެބް ދައްކާލުމުން ރަޔާން ހުރީ ވަރަށް އުފަލުންނެވެ.

ކެމިސްޓްރީއަށް ރަޔާންގެ ޝަޢުޤުވެރިކަން އުފެދެން ފެށީ ގުރޭޑް ތިނެކާ ހިސާބުންނެވެ. އޭގެ ކުރިން ވެސް ސައިންސަށް ޚާއްޞަ ޝަޢުޤުވެރިކަމެއް ދީގެން ފޮތްތައް ކިޔައިއުޅެއެވެ. އޯލެވެލްގެ ކެމިސްޓްރީ މާއްދާއަށް ރަޔާން ތައްޔާރުކޮށްދިނީ ހުރަވީ ސްކޫލްގައިވެސް ކެމިސްޓްރީއާއި ސައިންސް ކިޔަވައި ދެމުން ގެންދާ އޭނާގެ މަންމައެވެ.
މީގެ ކުރިންވެސް ފުލުހުން ވަނީ މިފަދަ ކާމިޔާބީ ހޯދާ ދަރިވަރުން އެ އިދާރާއަށް ގެންގޮސް ފުލުހުންގެ މަސައްކަތްތަކާއި ލެބްތައް ދައްކާލާފައެވެ.
advertisment
ހިޔާލު