އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް: ސެމީއަށް ތާޖުއްދީނާއި އއ. އޭއީސީއާއި އިސްކަންދަރާއި ގުޅީ ސްކޫލް

އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލްގައި ވާދަކުރާނީ ތާޖުއްދީން ސްކޫލާއި އއ. އަތޮޅު ތަޢުލީމީ މަރުކަޒާއި އިސްކަންދަރު ސްކޫލްގެ އިތުރުން ގުޅީ ސްކޫލެވެ.

ތާޖުއްދީން ސްކޫލް ސެމީއަށް ދިޔައީ ޖަމާލުއްދީނާ ބައްދަލުކޮށް 4-5 ގެ ކުޑަ ތަފާތަކުން މޮޅުވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކީ ތާޖުއްދީނުގެ އައިނާ ލަތީފެވެ.

އއ. އަތޮޅު ތަޢުލީމީ މަރުކަޒު ސެމީއަށް ދިޔައީ ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ މައްޗަށް 20-9 ތަފާތަކުން މޮޅުވެގެންނެވެ. މި މެޗްގެ މޮޅުންތެރިއަކީ ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ އާއިޝަތު އިނާ އާތިފެވެ.

އިސްކަންދަރު ސްކޫލާއި ހުރާ ސްކޫލު ބައްދަލު ކުރި މެޗް އިސްކަންދަރުން ގެންދިޔައީ ވަރަށް ފަސޭހަ ކަމާއެކުގައެވެ. 19-7 ގެ ބޮޑު ތަފާތަކުން އިސްކަންދަރު މޮޅުވިއިރު، މޮޅު ކުޅުމެއް ދައްކައި، މޮޅުކުޅުންތެރިޔާގެ ޓްރޮފީ ގެންދިޔައީ އެ ސްކޫލްގެ ފާތިމަތު ލީން ރިޝާދެވެ.

ކުއާޓާ ފައިނަލްގެ އެންމެ ފަހު މެޗްގައި، ޣާޒީ ސްކޫލުގެ މައްޗަށް ކުރި ހޯދީ ގުޅީ ސްކޫލުންނެވެ. 10-6 ތަފާތަކުން މޮޅުވެ، މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ، ގުޅީ ސްކޫލްގެ އާއިޝަތު މަލަކާ އަޒީމެވެ.

މި  މުބާރާތުގެ ސެމީ ފައިނަލް މެޗްތައް އޮންނާނީ މާދަމާ ހަވީރާއި ރޭގަނޑުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *