އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލްގައި ވާދަކުރާނީ ތާޖުއްދީން ސްކޫލާއި އއ. އަތޮޅު ތަޢުލީމީ މަރުކަޒާއި އިސްކަންދަރު ސްކޫލްގެ އިތުރުން ގުޅީ ސްކޫލެވެ.
ތާޖުއްދީން ސްކޫލް ސެމީއަށް ދިޔައީ ޖަމާލުއްދީނާ ބައްދަލުކޮށް 4-5 ގެ ކުޑަ ތަފާތަކުން މޮޅުވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކީ ތާޖުއްދީނުގެ އައިނާ ލަތީފެވެ.
އއ. އަތޮޅު ތަޢުލީމީ މަރުކަޒު ސެމީއަށް ދިޔައީ ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ މައްޗަށް 20-9 ތަފާތަކުން މޮޅުވެގެންނެވެ. މި މެޗްގެ މޮޅުންތެރިއަކީ ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ އާއިޝަތު އިނާ އާތިފެވެ.
އިސްކަންދަރު ސްކޫލާއި ހުރާ ސްކޫލު ބައްދަލު ކުރި މެޗް އިސްކަންދަރުން ގެންދިޔައީ ވަރަށް ފަސޭހަ ކަމާއެކުގައެވެ. 19-7 ގެ ބޮޑު ތަފާތަކުން އިސްކަންދަރު މޮޅުވިއިރު، މޮޅު ކުޅުމެއް ދައްކައި، މޮޅުކުޅުންތެރިޔާގެ ޓްރޮފީ ގެންދިޔައީ އެ ސްކޫލްގެ ފާތިމަތު ލީން ރިޝާދެވެ.
ކުއާޓާ ފައިނަލްގެ އެންމެ ފަހު މެޗްގައި، ޣާޒީ ސްކޫލުގެ މައްޗަށް ކުރި ހޯދީ ގުޅީ ސްކޫލުންނެވެ. 10-6 ތަފާތަކުން މޮޅުވެ، މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ، ގުޅީ ސްކޫލްގެ އާއިޝަތު މަލަކާ އަޒީމެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗްތައް އޮންނާނީ މާދަމާ ހަވީރާއި ރޭގަނޑުގައެވެ.
advertisment
ހިޔާލު