ޝާޔާއާއި ޝަންޒާ: އޮސްޓްރޭލިއާގެ އޮލިފަންޓް ސައިންސް އެވޯޑްސް ޓްރޮފީ ހޯދި ހަމައެކަނި ދެ ބެއިން

ޝާޔާއާއި ޝަންޒާ އެވޯޑާއެކު: މިއީ، ސައުތު އޮސްޓްރޭލިއާގެ އޮލިފަންޓް ސައިންސް އެވޯޑްސް ޓްރޮފީގެ 44 އަހަރުގެ ތާރީހުގައި އެ އެވޯޑް ލިބުނު ހަމައެކަނި ދެ ބެއިން – ފޮޓޯ: ގްލެމެޑެލައިޑް

އޮލިފަންޓް ސައިންސް އެވޯޑްސް ހޯދި އޮސްޓްރޭލިއާގައި ކިޔަވާ ދިވެހި ދެބެއިން ކަމަށްވާ ޝަންޒާ އިސްމާއިލް 12އ އާއި 18 އަހަރުގެ ޝާޔާ އިސްމާއީލް ވަނީ ހޯދާފައެވެ. މިއީ ސައުތު އޮސްޓްރޭލިއާގެ އޮލިފަންޓް ސައިންސް އެވޯޑްސް ޓްރޮފީގެ 44 އަހަރުގެ ތާރީހުގައި، އެއްބަނޑު އެއްބަފާ ދެބެއިންނަށް ލިބުނު ފުރަތަމަ ފަހަރެވެ. އޮލިފަންޓް ސައިންސް އެވޯޑްސް ޓްރޮފީ އަކީ ސައުތު އޮސްޓްރޭލިއާގެ އެންމެ ބޮޑު ސްކޫލް ސައިންސް މުބާރާތުގެ އެންމެ މަތީ ޝަރަފެވެ.

15 އަހަރުގެ ޝާޔާ އިސްމާއީލް ޓްރޮފީ ހޯދީ 2025 ވަނަ އަހަރުއެވެ. ޝާޔާގެ ދައްތަ ޝަންޒާ އެވޯޑް ހޯދީ 2023 ވަނަ އަހަރުއެވެ.

މި މުބާރާތުގައި ޝާޔާ އިސްމާއިލް އުފެއްދުމަކީ "ވެމޯސް" ވެހިކިއުލާ އޮޓޮނޮމިކް މެރިން އޮބްޒަވޭޝަން ސިސްޓަމް"އެވެ. ވާމޯސް އަކީ ކަނޑުގެ ދިރުންތައް މޮނިޓަރ ކުރުމަށް ފަރުތަކަށް ސެންސަރުތައް އުފުލައި ފަރުތަކަށް ގެންދެވޭ އިނޮވޭޓިވް އިލެކްޓްރިކް ވޯޓާ ޕްރޫފް ވެހިކަލެކެވެ. އޭނާ އެވޯޑް ހޯދީ 119 ސްކޫލެއްގެ 2،500 ޕްރޮޖެކްޓާ ވާދަކޮށެވެ.

 

2024 ވަނަ އަހަރުން ފެށިގެން ޝާޔާ ކިޔަވަމުން އަންނަނީ މެޑިންޑީގެ ވައިލްޑާނެސް ސްކޫލުންނެވެ. އޭނާ ޝައުގުވެރިވަނީ ބަޔޯޓެކްނޮލޮޖީ އާއި އިންޖިނިއަރިންގެ ދާއިރާއިން ރިސާޗް އެންޑް އިނޮވޭޝަންގެ ދާއިރާ އިން ކުރިއަށް ދާށެވެ.

މި މުބާރާތުގެ ސައިންޓިފިކް އިންކުއަރީ ކެޓަގަރީގައި ޝާންޒާ ހުށަހަޅައި ދިނީ، ހިތުގެ ވިންދު ބޭނުންކޮށްގެން ލޭގެ ޕްރެޝަރު ދެނެގަތުމެވެ. ލޭގެ ޕްރެޝަރު އަންދާޒާ ކުރުމަށް ހިތުގެ ނާރުތަކުގެ ޑޭޓާ ބޭނުންކޮށް، އިންސާނުން ދެނެގަތުމަށް ހިތުގެ ޕަލްސް ޑޭޓާ ބޭނުންކުރުމުގެ ގާބިލްކަން ދެނެގަނެވިފައިވެއެވެ. ޝާންޒާ ތައްޔާރުކުރި މި އިންކުއަރީގައި އޭނާ ތައްޔާރުކުރި މޮޑެލްތަކުން ވަނީ އިންސާނުން ދެނެގަތުމަށް އާޓިފިޝަލް އިންޓެލިޖެންސް/މެޝިން ލާރނިންގ (އޭއައި/އެމްއެލް) މެތަޑަކީ ރަނގަޅު އޮޕްޝަނެއް ކަން ސާބިތުކޮށްދީފައެވެ.

ޝަންޒާ މިހާރު ކިޔަވަމުން އަންނަނީ އެޑިލައިޑް ޔުނިވަސިޓީން ބެޗްލަރ އޮފް ބަޔޯމެޑިކަލް އެންޑް ހެލްތު ސައިންސަސް އިން ނިއުރޯ ސައިންސެވެ. ޔުނިވަރސިޓީ ތައުލީމް ހާސިލް ކުރުމަށްފަހު ކުރިއަށް ދާން އޭނާ ބޭނުންވަނީ ވެސް ނިއުރޯ ސައިންސް ރިސާޗްގެ ދާއިރާ އިންނެވެ.

ޝާޔާގެ ބައްޕަ ހ. ރެވިމާގޭ، ޕްރޮފެސަރް އިސްމާއީލް ޝަކީލަކީ އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ޑިފެންސްގައި މަސައްކަތްކުރާ ޑިފެންސް ސައިންޓިސްޓެކެވެ. މަންމަ އާމިނަތު މާރިޔާ އަލީ އަކީ ވަކީލެކެވެ. ޝާޔާގެ ކާފައަކީ ވެސް އިލްމީ ރޮނގުން ރާއްޖޭގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ދިވެހި ބޭހަށް މަޝްހޫރު އިތާމުއިގޭ އަލީ ހުސެއިނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *