ޤައުމު ބިނާކުރުމުގެ ޙަޤީޤީ މޭސްތިރިން ނަކީ ޓީޗަރުން: މުޖުތަމަޢުން ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް އަގުދީ އިޙްތިރާމް ކުރަން ޖެހޭ ސަބަބު

ޢާބްދުﷲ ނަޞީޙް

މުދައްރިސުންނަކީ ކޮންމެ ހަރުދަނާ އަދި ކާމިޔާބު ޤައުމެއްގެ ބިންގަލެވެ. މުޖުތަމަޢަކުން ހަގީގަތުގައިވެސް ކުރިއެރުމާއި، ހަމަޖެހުމާއި، އަޚްލާޤީ ވަރުގަދަކަމަށް އުންމީދުކުރާނަމަ، އެ މުޖުތަމަޢެއް ފަށަންވާނީ، މުދައްރިސުންނަށް އަގުދީ އިޙްތިރާމްކޮށްގެންނެވެ. ކިޔަވައިދިނުމަކީ ހަމައެކަނި މަސައްކަތެއް ނޫނެވެ؛ އެއީ އަންނަން އޮތް ޖީލުތަކުގެ ފިކުރީ، އިޖުތިމާއީ، އަދި އަޚްލާޤީ ބިންގާތައް ބައްޓަންކުރާ މުޤައްދަސް ޒިންމާއެކެވެ. ކިޔަވައިދިނުމުގައި ހިމެނޭ ޚިދުމަތްތެރިކަމާއި، ކެތްތެރިކަމާއި، އަޚްލާޤީ މަސައްކަތް ސިފަކުރެވޭނީ ބޮޑު ޖިހާދެއްގެ ގޮތުގައެވެ.

ޤައުމު ބިނާކުރުމުގައި މުދައްރިސުން މުހިންމު ދައުރެއް އަދާކުރާކަން ދިރާސާގެ ހެކިތަކުން ވަރަށް ވަރުގަދައަށް ކަށަވަރުވެއެވެ. ބައިނަލްއަޤްވާމީ ތަޢުލީމީ ދިރާސާތަކުން ދަރިވަރުންގެ ކާމިޔާބީއާއި، ސުލޫކާއި، ދިގުމުއްދަތުގެ ދިރިއުޅުމުގެ ނަތީޖާއަށް އަސަރުކުރާ އެންމެ ނުފޫޒުގަދަ އެއް ފަރާތަކީ މުދައްރިސުންކަން ތަކުރާރުކޮށް ދެނެގަނެއެވެ. ތަޢުލީމީ ނަތީޖާތަކުގެ އިތުރުން މުދައްރިސުން ދަރިވަރުންގެ އަގުތަކާއި، ވިސްނުމާއި، މަސައްކަތުގެ އަޚްލާޤާއި، ރައްޔިތެއްގެ އިޙްސާސްތަކަށް ނުފޫޒު ފޯރުވައެވެ. ބެލެނިވެރިންނާއި މުޖުތަމަޢުގެ އިޙްތިރާމް، މޮޓިވޭޓް، އަދި ތާއީދު މުދައްރިސުންނަށް ނުލިބި އެއްވެސް ޤައުމަކަށް ޒިންމާދާރު ލީޑަރުން، ހުނަރުވެރި މަސައްކަތްތެރިން، ނުވަތަ އަޚްލާޤީ ރައްޔިތުން ނުއުފެއްދުމަކީ ނާދިރު ކަމެކެވެ.

ބެލެނިވެރިންނާއި މުޖުތަމަޢު ބައްޓަން ކުރަނީ ދަރިވަރުން ޓީޗަރުންނާ މެދު  ދެކޭގޮތާއި މުދައްރިސުންނާ މެދު ކަންތައް ކުރާ ގޮތް ބައްޓަން ކުރަނީ  ބެލެނިވެރިންނާއި މުޖުތަމަޢު އަދި ޢާއިލާ ތަކުގެ ޢާމަލު ތަކުގެ މައްޗަށެވެ. އާއިލީ-ސްކޫލް ޕާޓްނަޝިޕްތަކާ ބެހޭ ދިރާސާތަކުން ދައްކާ ގޮތުގައި ދަރިވަރުންނަށް އިހުތިރާމާއި ޑިސިޕްލިން އަދި އުނގެނުމުގައި ބައިވެރިވުން ބޮޑުކަން ދައްކަނީ ބެލެނިވެރިން ޓީޗަރުންނާ ބެހޭ ގޮތުން ހެޔޮ ގޮތުގައި ވާހަކަ ދައްކައި ސްކޫލްގެ އުންމީދުތަކަށް ތާއީދު ކުރާ ވަގުތުތަކުގަ އެވެ. މުދައްރިސުންނަށް އިޙްތިރާމް ކުރުން ފެށެނީ ކްލާހުގައި ނޫނެވެ؛ އެއީ ގޭގެ މާހައުލުން ފެށިގެން ގޮސް މުޖުތަމައުގެ ވިސްނުންތަކުން ފެށިގެންދާ ކަމެކެވެ. ބެލެނިވެރިން މުދައްރިސުންނަށް "އަގު"ދިނުމުން، ކުދިންނަށް ދަސްވަނީ ތަޢުލީމާއި، ބާރާއި، ޒިންމާގެ އަގު ވަޒަންކުރުމަށެވެ.

ތަރައްޤީވެފައިވާ ތަޢުލީމީ ނިޒާމުތަކުންނާއި ދުނިޔޭގެ އެންމެ ރަނގަޅު އުސޫލުތަކުން މުދައްރިސުންނަށް އިޙްތިރާމް ކުރުމުގެ މުހިންމުކަން އިތުރަށް ހާމަވެގެންދެއެވެ. މަތީ ފެންވަރުގެ ގައުމުތަކުގައި ޓީޗަރުން ބަލަނީ އިތުބާރު ހުރި ޕްރޮފެޝަނަލް އަދި ގައުމީ ތަރައްގީގެ ބައިވެރިންގެ ގޮތުގަ އެވެ. ސްކޫލްތަކަށް ގެއްލުން ދިނުމުގެ ބަދަލުގައި ބެލެނިވެރިން އެއްބާރުލުން ދޭއިރު، މުޖުތަމައުގެ އުސޫލުތަކުގެ ސަބަބުން މުދައްރިސުންގެ ބާރާއި ތަޖުރިބާއަށް އިހުތިރާމް ކުރުން ކުރިއަރުވަ އެވެ. އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި، މެންޓަރިންގއާއި، އެމީހުންގެ ކަރާމާތް ރައްކާތެރިކުރާ ސިޔާސަތުތަކުގެ ތެރެއިން ޓީޗަރުންނަށް ސަޕޯޓް ލިބޭކަންވެސް މި ނިޒާމުތަކުން ކަށަވަރުވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިފަދަ އިހުތިރާމް ބިނާކޮށްފައިވާ ނިޒާމުތަކުގެ ސަބަބުން މުދައްރިސުންގެ މޮޓިވޭޝަން މަތިވެ، ކްލާސްރޫމް މާހައުލުތައް ރަނގަޅުވެ، ދަރިވަރުންގެ ނަތީޖާ ރަނގަޅުވެއެވެ.

މުދައްރިސުންނަށް އަގު ވަޒަންކޮށް އިހްތިރާމް ކުރުމަކީ މުޖުތަމަޢަށް ސާފު އަދި ދެމިއޮންނަ ހެޔޮ އަސަރުތަކެއް ކުރާ ކަމެކެވެ. ޓީޗަރުންގެ މޮޓިވޭޝަން އަދި ރިޓެންޝަންއާ ބެހޭ ދިރާސާތަކުން ދައްކާ ގޮތުގައި އިހުތިރާމް ލިބިގެންވާ ޓީޗަރުންނަކީ ދަރިވަރުންގެ ހޯލިސްޓިކް ޑިވެލޮޕްމަންޓަށް އިންވެސްޓް ކުރަން މާ ކޮމިޓްޑް، އިނޮވޭޓިވް، އަދި އިންވެސްޓް ކުރަން ބޭނުންވާ ބައެކެވެ. މިކަމުގެ ސަބަބުން ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުވެ، ދަރިވަރާއި މުދައްރިސުގެ ގުޅުން ބަދަހިވެ، ތަޢުލީމީ އަދި ސުލޫކީ ނަތީޖާ ރަނގަޅުވެއެވެ. މުދައްރިސުންނަށް ޝަރަފުވެރިކަން ދޭ މުޖުތަމަޢުތަކަށް ފައިދާ ލިބެނީ ޤައުމީ ތަރައްޤީއަށް ހެޔޮ ގޮތުގައި ޙިއްޞާ ކުރެވޭނެ ޑިސިޕްލިންޑް، ހުނަރުވެރި، އަދި އަޚްލާޤީ ގޮތުން ބިނާވެފައިވާ ޖީލެކެވެ.

މިއާ ޚިލާފަށް މުދައްރިސުންގެ މަސައްކަތަށް ދޭންޖެހޭ އިޙްތިރާމާއި އަގު ނުދިނުމަކީ ބޮޑެތި ނަތީޖާތަކެއް ކުރިމަތިވާ ކަމެކެވެ. އެޓްރިޝަން އާއި ބެހޭ ދިރާސާތަކުން ދައްކާ ގޮތުގައި ބެލެނިވެރިންނާއި މުޖުތަމައުގެ ފަރާތުން އިހުތިރާމް ކުޑަވުމަކީ ސްޓްރެސް އާއި ހިތްވަރު ދަށްވުމާއި ޓީޗަރުން ޕްރޮފެޝަން ދޫކޮށްލުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބެކެވެ. މިފަދަ ހާލަތްތަކުގައި ގިނަ ފަހަރަށް ސްކޫލްތަކުގައި ދަރިވަރުންގެ ޑިސިޕްލިން ދަށްވުމާއި، ބަލިކަށިވުމާއި، ތައުލީމީ ފެންވަރު ދަށްވުން ފަދަ ކަންކަން ކުރިމަތިވެއެވެ. ބެލެނިވެރިންނާއި މުޖުތަމަޢު މުދައްރިސުންނާ މެދު އިޙްތިރާމް ކުޑަކަން ދަރިވަރުންނަށް ފާހަގަކުރެވޭއިރު، އޭގެ ނަތީޖާއެއްގެ ގޮތުން ދަރިވަރުންގެ އުނގެނުމާއި، އިޖުތިމާޢީ ޒިންމާދާރުކަމާމެދު ވިސްނުން ދަށްވެއެވެ.

މުދައްރިސުންގެ ދުވަހީ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތައް ހަގީގަތުގައި އިޙްސާސް ކުރެވޭނީ ހަމައެކަނި މުދައްރިސުންނަށް ނަށެވެ. ތަފާތު އުނގެނުމުގެ ބޭނުންތައް ބެލެހެއްޓުމާއި، ސުލޫކީ މައްސަލަތަކަށް ހައްލެއް ހޯދުމާއި، މަންހަޖުގެ ޑިމާންޑްތައް ފުއްދުމާއި، ބެލެނިވެރިންނާއި މުޖުތަމައުގެ ފަރާތުން ކުރިއަރަމުން އަންނަ އުންމީދުތަކަށް ޖަވާބުދާރީވުން ފަދަ ނާޒުކު އެތައް ޒިންމާ އެއް މުދައްރިސުން އުފުލައެވެ. ޓީޗަރުންގެ ވޯކްލޯޑާ ބެހޭ ގޮތުން ހެދިފައިވާ ދިރާސާތަކުން ފާހަގަކޮށްފައިވާ ގޮތުގައި ޖަޒުބާތީ އަދި އަޚްލާގީ ޒިންމާއަކީ މި ޕްރޮފެޝަންގެ އެންމެ ބޮޑު އެއް ބުރަ އެވެ. މުޖުތަމަޢުގެ ވިސްނުމާއި ތާއީދެއް ނެތި މި ގޮންޖެހުންތައް ބޮޑުވެ، ސީދާ ތަޢުލީމުގެ ފެންވަރަށް އަސަރުކުރެއެވެ.

ބެލެނިވެރިންނާއި މުޖުތަމަޢުން މުދައްރިސުންނަށް އަގުދީ އިޙްތިރާމް ކުރަން ޖެހޭނީ މުދައްރިސުންނަކީ ޤައުމުގެ މުސްތަޤްބަލުގެ އާކިޓެކްޓުން ކަމަށްވާތީއެވެ. ދިރާސާގެ ހެކިތަކާއި ދުނިޔޭގެ އެންމެ ރަނގަޅު އުސޫލުތަކުން ސާފުކޮށް އެނގޭ ގޮތުގައި މުދައްރިސުންނަށް ޝަރަފުވެރިކަން ލިބި، ތާއީދު ލިބި، އިތުބާރު ކުރެވުމުން ތައުލީމީ ނިޒާމުތައް ކުރިއަރައި، މުޖުތަމައުތައް ވަރުގަދަވެގެންދެއެވެ. މުދައްރިސުންނަށް އަގު ދިނުމަކީ ހަމައެކަނި އިޙްތިރާމްގެ ސަގާފަތެއް ނޫނެވެ؛ އެއީ ގައުމު ބިނާކުރުމަށް ސްޓްރެޓެޖިކް އިންވެސްޓްމަންޓެކެވެ. މުދައްރިސުންނަށް އިޙްތިރާމް ކުރެވުމުން، ދަރިވަރުން ފުރިހަމަވެ، މުޖުތަމަޢުތައް ވަރުގަދަވެ، ޤައުމު އިތުބާރާއެކު ރަނގަޅު މުސްތަޤްބަލަކާ ދިމާއަށް ކުރިއަށްދެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *