ނ. އިންޓަރސްކޫލް ސްޕޯޓްސް ފިޔެސްޓަރ: ހޭންޑްބޯޅަ ޗެމްޕިއަންކަން ހިދާޔާ ސްކޫލަށް، ފުޓްސަލް ޗެމްޕިއަންކަން ޅޮހީ ސްކޫލަށް

ނ. އިންޓަރ ސްކޫލް ސްޕޯޓްސް ފިއެސްޓަރގެ ހޭންޑްބޯޅަ ޗެމްޕިއަންކަން ހިދާޔާ ސްކޫލަށް، ފުޓްސަލް ޗެމްޕިއަންކަން ޅޮހީ ސްކޫލަށް ލިބިއްޖެއެވެ.

ނ. އިންޓަރ ސްކޫލް ސްޕޯޓްސް ފިއެސްޓަރގައި އެ އަތޮޅުގެ 12 ސްކޫލަކުން 23 ޓީމެއް ބައިވެރިވިއެވެ.

ހޭންޑްބޯޅަ ޗެމްޕިއަންކަން ހިދާޔާ ސްކޫލުން ހޯދީ ފައިނަލުގައި ލަންދޫ ސްކޫލާ ބައްދަލުކޮށް 4-3 ގެ ތަފާތަކުން މޮޅުވެގެންނެވެ.

ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޅޮހީ ސްކޫލުން ހޯދީ ފައިނަލުގައި މޭނާ ސްކޫލާ ވާދަކޮށް 0-2 ގެ ތަފާތަކުން މޮޅުވެގެންނެވެ. މި ފުޓްސަލް މުބާރާތުގެ ފެއަރޕްލޭ ޓީމަކީ ހެބަދޫ ސްކޫލެވެ. ހޭންޑްބޯޅަ މުބާރާތުގެ ފެއަރޕްލޭ ޓީމަކީ ނ. އަތޮޅު މަދަރުސާއެވެ.

ނ. އަތޮޅުގައި ތާރީޚުގައި ވެސް ކުރިއަށް ގެންދިޔަ ސްކޫލް ދަރިވަރުންގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގައި 426 ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *