އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އއ. އަތޮޅު ތައުލީމީ މަރުކަޒާއި އަޙްމަދިއްޔާ ސްކޫލުން ހޯދައިފިއެވެ. މިރޭ ކުޅުނު 17 އަހަރުން ދަށުގެ އަންހެން ފައިނަލުގައި އއ. އޭއީސީން ޗެމްޕިއަންކަން ހޯދީ ޙަމަދު ސްކޫލާ ވާދަކޮށް 15-23ގެ ތަފާތަކުން މޮޅުވެގެންނެވެ.
މި މެޗްގެ މޮޅު ކުޅުންތެރިޔަކީ އއ. އޭއީސީގެ ޖޯޒީ ނަމްބަރު 10 ހައްވާ ނިހާނާ މުޙައްމަދެވެ.
17 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން އަޙްމަދިއްޔާއިން ހޯދީ، މިރޭ ކުޅުނު ފައިނަލުގައި ޖަމާލުއްދީނާ ވާދަކޮށް 18-22ން މޮޅުވެގެންނެވެ.
އަޙްމަދިއްޔާ ފައިނަލަށް އައީ އަމީނިއްޔާ ސްކޫލު އަތުން މޮޅުވެގެންނެވެ. އއ. އޭއީސީ ފައިނަލަށް ދިޔައީ އަޙްމަދިއްޔާ އަތުން މޮޅުވެގެންނެވެ.
ހިޔާލު