ކޮލަމާފުށީ ރައްޔިތުންގެ ޕްރީ ސްކޫލް ހުޅުވައިފިއެވެ.
ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު ވިދާޅުވީ ކައުންސިލުން އިސްނަގައިގެން ޕްރީ ސްކޫލެއްގެ ޚިދުމަތް ފެށީ އެރަށު ކޮލަމާ ޖަމިއްޔާއިން ހިންގަމުން ދިޔަ ސްކޫލް ކޮވިޑްގެ ހާލަތާ ގުޅިގެން ކުރިއަށް ގެންދެވެން ނެތިގެންނެވެ. ބޭބީ ނާސަރީއާއި ނާސަރީއަށް ކިޔަވައިދޭ މި ސްކޫލްގައި މިހާރުވެސް 40 ކުދިން ރަޖިސްޓްރީ ވެއްޖެއެވެ.
" ބޭބީ ނާސަރީއާއި ނާސަރީ އުމުރުފުރައިގެ ހުރިހާ ކުދިންހެން މި ވަނީ ރަޖިސްޓްރީ ކުރެވިފައި. ދިރާސީ އާ އަހަރަކާއެކު ކައުންސިލުގެ މަސައްކަތް ފަށައި މި ގަނެވުނީ ވަރަށް އުއްމީދާއެކު" އިބްރާހިމް ވަހީީދު ވިދާޅުވިއެވެ.
ކޮލަމާފުށީގެ ކުރީގެ އިންޖީނުގެ ހުރި ތަނުގައި ޕްރީ ސްލޫލް ހިންގަމުންދާއިރު، އެތަނުގައި ޤުރުއާން ކިޔަވައިދޭ ކުލާހެއް ކައުންސިލުން ހިންގަމުން ގެންދާތާ އަހަރުތަކެއް ވެއްޖެއެވެ. އެ ކުލާހުގައި ވެސް މި ވަގުތު 40 ކުދިން ކިޔަވަމުން ގެންދެއެވެ.
ޕްރީ ސްކޫލަށްދާ ކުއްޖެއްގެ އަތުން 500ރ ޤުރުއާން ކުލާހަށްދާ ކުއްޖެއްގެ އަތުން 250ރ މަހުފީއެއްގެ ގޮތުގައި ކައުންސިލުން ނަގައެވެ.
advertisment
ހިޔާލު