ކޮންމެ ކުއްޖަކުވެސް މަދުވެގެން އަމަލީ ދެ މަސައްކަތް ދަސްކުރަން މުހިންމު: ޑރ. އައިޝަތު އަލީ

ކޮންމެ ކުއްޖަކުވެސް އަމަލީ ގޮތުން ދެ މަސައްކަތް ދަސްކުރަން އެޑިއުކޭޝަން މިނިސްޓަރު އިލްތިމާސް ކުރައްވައިފިއެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން ރެހެންދި ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މޮޅުކުދިން މޮޅުވާ ސަބަބަކީ އެކުދިންގެ ހިތްމަތާއި މަސައްކަތުން ކަމަށެވެ. އަދި އެކުދިންގެ ހިތްވަރާއި ފަންވަރުން ކަމަށެވެ. އެހެން ކަމުން ކޮންމެ ކުއްޖެއްވެސް ކިތަންމެ އުނދަގޫ ވެއްޓެއް ބަރުބާސްދުކުރަމުން ދިޔަ ކަމުގައިވިޔަސް ކަށިން ހިތްވަރާއި ރޫހު ނެރެގެން ކަންކަން އުނގެނުމުގެ ފޯރިއާއެކު އުޅެން އެކަމަނާ ވަނީ އެންމެހައި ކިޔަވައިކުދިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި އެކަމަނާ ވަނީ ކޮންމެ ކުއްޖަކުވެސް މަދުވެގެން އަމަލީގޮތުން ކޮންމެ ވެސް ދެ މަސައްކަތެއް ދަސްކުރަން އެދޭ ކަމަށް ވިދާޅުވެފައެވެ.

" މަދުވެގެން އަމަލީ ދެ މަސައްކަތެއް ދަސްކުރަން އެދެން" ދިރާސީ އާ އަހަރުގެ ފުރަތަމަ އެސަމްބްލީގައި ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ. " ދޮޅުއަހަރުން ދަސްވި އެންމެ މުހިންމު ދަރުސަކީ ދަސްކުރަންށާއި ދަސްކޮށްދިނުމަށް އެންމެ މޮޅުގޮތަކީ މުދައްރިސާއި ދަރިވަރު ކުލާހުން ބައްދަލުވެގެންކަން"

މިނިސްޓަރު ވިދާޅުވީ ސްކޫލަށް ދިއުމުން ސްކްރީން ބަލާވަގުތު މަދުވެ، އެހެން މީހުންނާ މުއާމަލާތް ކުރާނެ ވަގުތު ގިނަވުމުގެ ސަބަބުން ބަހަށް ދަރިވަރު ފާގަތިވެ، އެކު އުޅުމުގެ ހުނަރުތައް ބޮޑަށް ދަސްވެގެންދާ ކަމަށެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު މި ފެށީ ސަރުކާރު ސްކޫލްތަކާއި، އަމިއްލަ ސްކޫލް މަދަރުސާތަކުގެ 92936 ދަރިވަރުންނާއެކުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *