ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު ދަރިވަރުންނަށް ހިތްވަރު ދީ މަރުހަބާ ކިޔުމުގެ ގޮތުން މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން އަތޮޅުތަކުގެ ސްކޫލްތަކުގައި ވޭއްވި ޚާއްޞަ އެސަމްބްލީތަކުގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު ދަރިވަރުންނަށް ހިތްވަރު ދީ މަރުހަބާ ކިޔުމުގެ ގޮތުން މިނިސްޓަރުންނާއި ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބަވާ ބޭފުޅުން 17 އަތޮޅެއްގެ 17 ރަށެއްގެ ސްކޫލްތަކުގައި ބޭއްވި ޚާއްޞަ އެސަމްބްލީގައި ވަނީ ވަޑައިގެންފައެވެ.

މިއީ މީގެ އަހަރުތަކެއް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ވަޒީރުންގެ ތެރެއިން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަޑައިގެންނެވީ ށ. މަރޮށީގައި ހުންނަ މުނައްވަރާ ސްކޫލަށެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަޑައިގެންނެވީ ބ. ދަރަވަންދޫގައި ހުންނަ ބ. އަތޮޅު މަދަރުސާއަށެވެ. މިނިސްޓަރ އޮފް ހެލްތް އަހުމަދު ނަސީމް ވަޑައިގެންނެވީ ކ. ދިއްފުށީގައި ހުންނަ ދިއްފުށީ ސްކޫލަށެވެ. ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވަޑައިގެންނެވީ އއ. ރަސްދޫގައި ހުންނަ އއ. އަތޮޅު ތައުލީމީ މަރުކަޒަށެވެ. ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވަޑައިގެންނެވީ ފުވައްމުލަކު މުޙައްމަދު ޖަމާލުއްދީން ސްކޫލަށެވެ. ޖެންޑަރ އެންޑް ފެމެލީ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަޑައިގެންނެވީ އައްޑޫސިޓީ ޝަރަފުއްދީން ސްކޫލަށެވެ.

މިނިސްޓަރުންގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންތަކެއްވެސް ވަނީ ސްކޫލްތަކަށް ވަޑައިގެން ޚާއްޞަ އެސެމްބްލީތަކުގައި ބައިވެވަޑައިގެންފައެވެ. އެގޮތުން ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވަޑައިގެންނެވީ ދ. މީދޫގައި ހުންނަ އެ އަތޮޅު މަދަރުސާއަށެވެ. އަހުމަދު ރިޔާޒު ވަޑައިގެންނެވީ ތ. އަތޮޅު ތައުލީމީ މަރުކަޒަށެވެ.
މީގެ އިތުރުން ރައީސުލްޖުމުހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރުން ކަމުގައިވާ، ޑރ. މުސްތަފާ ލުތުފީ ވަޑައިގެންނެވީ ޅ. އަތޮޅު ތައުލީމީ މަރުކަޒަށެވެ. މުޙައްމަދު ޝިހާބު ވަޑައިގެންނެވީ އދ. މާމިގިލީ ސްކޫލަށެވެ. ރައީސުލްޖުމުޙޫރިއްޔާގެ އޮފީހުގެ މިނިސްޓަރުން ކަމުގައިވާ އަލީ ޝިޔާމް ވަޑައިގެންނެވީ މ. އަތޮޅު ތައުލީމީ މަރުކަޒަށެވެ. އަހުމަދު ސަމީރު ވަޑައިގެންނެވީ ގދ. ތިނަދޫގައި ހުންނަ އަބޫބަކުރު ސްކޫލަށެވެ. މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވަޑައިގެންނެވީ ހއ. އުތީމުގައި ހުންނަ ޢާޒީ ބަންޑަރައިން ސްކޫލަށެވެ. ސީނިއަރ ޕޮލިސީ ޑައިރެކްޓަރު މޫސާ އާދަމް ރ. ހުޅުދުއްފާރު ސްކޫލަށް ވަޑައިގެންނެވިއިރު، ޕާމަނަންޓް ސެކެރެޓަރީ އަހުމަދު އަލީ ވަޑައިގެންނެވީ ނ. މާފަރު ސްކޫލަށެވެ.
ސްކޫލްތަކަށް ވަޒީރުން ވަޑައިގެން ދަރިވަރުންނާ ބައްދަލުކުރައްވައި ބެލެނިވެރިންނާއި މުދައްރިސުން ސަމާލުކަން ދޭންވާ މުހިންމު ކަންކަމުގެ މައްޗަށް ވަނީ ވާހަކަ ދައްކަވާފައެވެ.
advertisment
ހިޔާލު