ދަރިވަރުން ގޭގައި، "އޯކޭއެއް ނޫން"

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މުޅި ދުނިޔެ އިން އެއް އަޒުމެއްގައި ދަނީ ކޮވިޑް-19ގެ ނުރައްކާތެރި ބަލިމަޑުކަމާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. މި ބަލިމަޑުކަމުގެ ނުރައްކާ މިންވަރަކީ، އޭގެ ވޭނީ ހިތި އަސަރު ކުރަނީ ހަމައެކަނި ބަލި ޖެހޭ މީހުންނާއި އޭނާ ދެކެ ލޯބިވާ ފަރާތްތަކަށް އެކަނި ނޫންކަމެވެ. ބަލީގެ ސަބަބުން ގޭތެރޭގައި އަމިއްލައަށް ބަންދުވެ، އާންމު ދިރިއުޅުމާއި އޭގެ އުފާތަކުން މަހުރޫމްވެފައި ތިބުމަކީ ވެސް ކެތްކުރަން ފަސޭހަ ކަމެއް ނޫނެވެ.

އެޕްރީލް 15ގައި މާލެ އިން މި ބައްޔަށް ޕޮޒިޓިވް މީހަކު ފެނުނުކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިއުލާންކުރުމާ އެކު ގިނަ ބައެއްގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައެވެ. ޒަރޫރީ ބޭނުންތަކަށް ފިޔަވައި ބޭރަށް ނުކުމެ އުޅުން މަނާވެ، ގޭގެ ހަތަރު ފާރަކީ ތިމާގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ހަދަން ޖެހުނެވެ. މި ބަދަލުތައް ތަޖުރިބާކުރަން ވަކި އުމުރެއް ނުވަތަ ވަކި ޖިންސެއް ނެތެވެ. އޭގެ ތެރެއިން ވެސް ކިޔަވާ ކުދިންނަށް ދިމާވީ ބޮޑު ދައްޗަކާއި ހިތްދަތިކަމެކެވެ.

މާލޭ ސިޓީގެ ސްކޫލްތަކުގައި ތައުލީމް ހާސިލްކުރަމުންދިޔަ ދަރިވަރުން މިޑް ޓާމް ޗުއްޓީގެ އުފަލުގައި ތިއްބާ މުޅި މާލެ ލޮކްޑައުންވެ، އޭގެ ފަހުން ކިޔެވުމުގެ ހުރިހާ ކަމަކަށް މި އޮތީ ހުރަސް އެޅިފަ އެވެ.

ނަމަވެސް އުނގެނުމުގެ ހައްގުން އެކުދިން މަހުރޫމްވިޔަ ނުދޭން އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލްތަކާއި ޓީޗަރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ލޮކްޑައުންގެ ވަރަށް ކުރިން ފެށިގެން އޮންލައިން ކްލާސްތަކާ

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *