ރާދަ ބުކްޝޮޕް: އުނގެނުމަށް ބޭނުންވާ ހުރިހާ އެއްޗެއް އެއް ފުރާޅެއްގެ ދަށުން

މާފަންނުގައި ދިރިއުޅޭ ސީމާއަށް އެންމެ ކަމުދަނީ ރާދަ ބުކްޝޮޕެވެ. ދިރިއުޅޭ ތަނާ ދުރަސް އޭނާގެ ފޭވަރިޓަކީ އެއީއެވެ. ސީމާ ދެކޭ ގޮތުގައި ކިޔަވާ ކުއްޖަކަށް ވެސް އަދި މައިންބަފައިންނަށް ވެސް އޮތް ފަސޭހައަކީ ކޮލިޓީތަކެތި އެއް ފުރާޅެއްގެ ދަށުން ލިބެން ހުންނާނެ ކަމުގެ ޔަގީންކަމެވެ. އެއް ބުކްޝޮޕުން އަނެއް ބުކްޝޮޕަށް ދުވަން ޖެހުމަކީ ތޮއްޖެހިފައިވާ މާލޭގައި ކުރެވޭ ވަރަށް ވުރެ ބުރަ އުނަދަގޫ ކަމެކެވެ. ބޭނުންވާ ހުރިހާ އެއްޗެއް ހިފައިގެން ރާދަ ބުކްޝޮޕުން އޭނާ ނުކުންނަނީ އެ ހިތްހަމަޖެހުމާ އެކުގައެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީއަށް ދަރިވަރުން ދާއިރު، ރާދަ ބުކްޝޮޕުން ވަނީ "ސްކޫލް ސީޒަން" އަށް ދުރާލާ ތައްޔާރުވެފައެވެ. ދަރިވަރުންގެ ވައުޗަރުގައި ހިމެނޭ އެންމެހައި ތަކެތި، އެންމެ ކޮލިޓީގައި ފޯރުކޮށްދޭން ގިނަ މަސައްކަތްތަކެއް ވެސް ކޮށްފައެވެ. ފޮތް ފަންސުރާއި ޤަލަމެވެ. ލިޔަން ފަސޭހަ ރީތި، މޮނީޓަރު ފޮތެވެ. ފެންސިލްކޭހާއި އިންޓަވަލް ފުޅިއާއި ލަންޗް ބޮކްސެވެ. ކިޔަން ބޭނުންވާ ވާހަކަ ފޮތްތައް ވެސް ވަކި މަދެއް ނޫނެވެ. މާލޭގެ ބުކްޝޮޕަކުން އެންމެ ގިނަ ތަފާތު ބާވަތްތައް ލިބެން ހުންނަ އެއް ބުކްޝޮޕަށް ވެސް ރާދަ ވާނެއެވެ. އެއީ އެ ބުކްޝޮޕުން އެންމެ އިސްކަންދޭ ކަންތަކެވެ.

ބުކްޝޮޕް ވިޔަފާރީގައި 25 އަހަރު ހޭދަވަމުންދާއިރު، އެ ބުކްޝޮޕްގެ ޚިދުމަތް މާލޭގެ އިތުރުން ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން ވެސް ހޯދަމުން ގެންދެއެވެ. މާލޭގެ ގެތަކާ ހަމައަށް ވައުޗަރުގައި ހިމެނޭ ތަކެތި ޑެލިވަރީ ކުރަމުންދާއިރު، އެޖެންޓުން މެދުވެރިކޮށް ރަށްރަށަށް ދަނީ އެ ޚިދުމަތް ފޯރުކޮށް ދެމުންނެވެ.

ރާދަ ބުކްޝޮޕަށް ގެންދާ ކޮންމެ ސްޓޭޝަނަރީ ވައުޗަރަކާއެކު ސެލޯފިންއާއި ދަބަހެއް ވެސް ހިލޭ ދެއެވެ. މިއީ ވެސް ކިޔަވާ ކުދިންނަށާއި އެކުދިންގެ މައިންބަފައިންނަށް ލިބޭ އިތުރު ލުއިކަމެކެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައި ރާދަ ބުކުޝޮޕްގެ ދެ ތަން ހުރެއެވެ. ހުޅުމާލޭގައި އެންމެ ކުރިން ބުކްޝޮޕެއް ހުޅުވީ ވެސް ރާދައިންނެވެ. އެހެންވެ ރާދައަށް ހުޅުމާލޭގައި ވެސް ދެވިފައި ވަނީ ޚާއްޞަ ގަދަރަކާއި އިތުބާރެކެވެ.

ހުޅުމާލޭގެ ހުވަނދުމާ ހިނގުމުގައި ހުންނަ ރާދަ ބުކްޝޮޕް ނަމްބަރަކީ 3354011އެވެ. ވައިބަރ ނަމްބަރަކީ 7654012އެވެ. ބޮކަރުމާ ހިނގުމުގައި ހުންނަ ރާދަ ބުކުޝޮޕް ނަމްބަރަކީ 3354011އެވެ. ވައިބަރ ނަމްބަރަކީ 7934012 އެވެ.

ރާދަ ބުކްޝޮޕް މާލޭގައި ހުންނަނީ ސޯސަންމަގުގައެވެ. ގުޅޭނެ ނަމްބަރަކީ 3314012 އެވެ. ވައިބަރ ނަމްބަރަކީ 7604012 އެވެ.

ރާދަ ބުކްޝޮޕްގެ ޚިދުމަތް ފުޅާވެ ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވުމަކީ ސީމާމެން ފަދަ އެތައް ކުދިންނަށް ލިބޭ ފަސޭހައެކެވެ. ލިބޭ ލުޔެކެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *