އެސްއެސްސީ އިމްތިހާނުގައި އަންނަ އަހަރު ވަކި މާއްދާއެއްގެ ގޮތިގައި ޤުރްއާން ހިމަނައި، އެސެސް ކުރުމުގައި ދޭނީ އެންމެ އެސައިންމަންޓެއް ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ހަމަޖައްސައިފިއެވެ.
އެ ޑިޕާޓްމަންޓުން ވަނީ އެކަން އެގޮތަށް ބަދަލުކުރިކަން ސްކޫލްތަކުގެ ވެރިންނަށް މިއަދު އަންގާފައެވެ.
ކުރިން ނިންމާފައި ވަނީ ދެ އެސައިންމަންޓަކަށް ބަހާލައިގެން އެސެސްކުރާ ގޮތަށެވެ. ޑީޕީން ބުނީ އިމްތިހާނަށް ލުއިގޮތް ތަކެއް ހަމަޖެއްސީ ފެށޭ އަހަރަކީ މިފަދަ ގޮތަކަށް އިމްތިހާން ކުރެވޭ ފުރަތަމަ ފަހަރު ކަމަށްވުމާ އެކު، ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. އަދި އެގޮތަށް ނިންމީ ބައެއް ބެލެނިވެރިންނާއި މުދައްރިސުންގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ. އަދި އެ މާއްދާގެ ސުވާލު ކަރުދާސް ތައްޔާރު ކުރުމާ ގުޅޭ ގޮތުން ސްކޫލްތަކުގެ މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނާއި އެސްއެސްސީ އިމްތިހާނަށް މުދައްރިސުންނާއި ދަރިވަރުންނަށް ނަމޫނާ ކަރުދާހެއް ފޯރުކޮށްދިނުމުގެ ގޮތުންނެވެ.
ޤްރްއާނުގެ މާއްދާގެ އެސައިންމަންޓް ދަރިވަރުންނަށް ހަވާލުކޮށްފައި ވަނީ ޗުއްޓީއަށް ބަންދުވި ދުވަހު ރިޕޯޓް ފޯމާއެކުގައެވެ. މިހެންވެ ގިނަ ބެލެނިވެރިންނަށް އެ ފަދަ އެސައިންމަންޓެއް ހަދަންޖެހޭކަން އެނގުނީ މީޑިއާއިން އެކަން ގެނެސްދިނުމުންނެވެ.
ޑީޕީން އެކުލަވާލައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމާފައި އޮތް އުޞޫލުގައި ބުނެފައިވާ ގޮތުން ޤުރްއާނުގެ އެސައިންމަންޓް ހަދަން ޖެހެނީ ގްރޭޑް ނުވައެއްގެ ފަހު ޓާމުގައާއި ގްރޭޑް ދިހައެއްގެ ފުރަތަމަ ޓާމުގައެވެ.
މި ގެނައި ބަދަލާއެކު އަންނަ އަހަރު ގްރޭޑް ދިހައެއްގައި ކިޔަވާ ދަރިވަރުން ހަދަން ޖެހެނީ ޤްރުއާނުގެ އެންމެ އެސައިންމަޓެކެވެ. އެ އެސައިންމަޓް ހަވާލުކުރަންޖެހޭ ތާރީހަކީ އަންނަ އެޕްރީލް މަހުގެ ނަވާރަ ވަނަ ދުވަހުއެވެ.
ޑީޕީން ކުރިން ބުނެފައި ވަނީ ޤްރްއާން އިމްތިހާނު ދެނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ އެސައިންމަންޓްގެ ގޮތުގައި ހަދަންޖެހޭ ބަޔަކާއި ޤްރްއާނުގެ މުގައްރަރުގައިވާ ގޮތަށް އަގަބަހުން ކިޔައިދީގެން ކުރިއަށް ގެންދާ ބައެކެވެ.
އަނަގަބަހުން ކުރިއަށް ގެންދާބައިގައި، ހިތުންނާއި ބަލައިގެން ސޫރަތްތަކެއް ކިޔައިދޭންޖެހެއެވެ.
advertisment
ހިޔާލު