ކަލާފާނު ސްކޫލްގެ ޔުނީފޯމަށް ބަދަލު ގެނެސްފި

ކަލާފާނު ސްކޫލްގެ ޔުނީފޯމަށް ބަދަލުގެނެސްފިއެވެ. އެ ސްކޫލްގެ ޔުނީފޯމަށް ބަދަލު ގެނައީ ބެލެނިވެރިންނާއި ދަރިވަރުންގެ އެދުމުގެ މަތިން، އެ ސްކޫލަށް ތިރީސް އަހަރު ފުރުމާ ގުޅުވައިގެންނެވެ.

ކަލާފާނުގެ ޔުނީފޯމަށް ގެނައި ބަދަލާއެކު އަންހެން ކުދިންނާއި ފިރިހެން ކުދިން ބޭނުން ކުރާނީ މަޑުފެހިކުލައިގެ ގަމީހެކެވެ. އަންހެން ކުދިން ބޭނުންކުރާނީ ކަޅު ސްކާޓެކެވެ. ގްރޭޑް 1ން 5ށް ފިރިހެން ކުދިން ސޯޓްބުރި ލާއިރު، 6ން 10ށް ފިރިހެން ކުދިން ލާނީ ކަޅު ފަޓްލޫނެވެ.
ސްކޫލްތަކުގެ ޔުނީފޯމަށް ބަދަލުތަކެއް ގެނައުމަށް ބައެއް ސްކޫލްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އަމީނިއްޔާ ސްކޫލުން ވަނީ 2021 ވަނަ އަހަރު އެ ސްކޫލްގެ ޔުނީފޯމް ބަދަލުކުރާނެ ކަމަށް ބުނެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *