ޓައިމްސް މަޖައްލާގެ "ޕަރސަން އޮފް ދަ އިޔަރ"ގެ މަގާމަށް 16 އަހަރުގެ ސްވިޑަންގެ ގްރޭޓަރ ތަންބާގު ހޮވައިފިއެވެ.
16 އަހަރުގެ ކްލައިމެޓް އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ސްވިޑަންގެ ގްރޭޓަރ ތަންބާރގު އަކީ ޓައިމްސް އިން އަހަރު އެއްފަހަރު ހޮވާ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ޝަހުޝިއްޔަތުގެ މަގާމު ހޯދި އެންމެ ހަގު ފަރާތެވެ.
ޓައިމްސް މަޖައްލާއިން މިކަން އިޢްލާން ކޮށްފައިވަނީ ބުދަ ދުވަހުގެ "ޓްޑޭ" ޝޯގައެވެ. އެ ޝޯގެ އެޑިޓަރ އެޑްވަރޑު ފެލްސެންތަލް ހާމަކުރި ގޮތުގައި ތަންބާރގު ވެފައިވަނީ 2019 ވަނަ އަހަރު ދުނިޔެއަށް ދިމާވަމުންދާ ބޮޑެތި މައްސަލަތަކާމެދު މީހުން ހޭލުންތެރި ކުރުމަށް އެންމެ ބޮޑަށް އަޑުއުފުލި ފަރާތުގެ ގޮތުގައެވެ.
ތަންބާރގު އެންމެ ފުރަތަމަ ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވަނީ އޭނާގެ ޢުމުރުން 15 އަހަރުގައި ކްލައިމެޓް ޗޭންޖާއި ގުޅޭގޮތުން ސްވިޑަންގެ ރައްޔިތުންގެ މަޖިލިސް ބޭރުގައި ސްކޫލް ގަޑީގައި އެކަނި ހުރެ ޕްރޮޓެސްޓް ކުރި ހިސާބުންނެވެ.
ތަންބާރގު މިހާރުވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައިވެސް ބަލައިގަންނާނެ ގޮތަށް "ސްކޫލް ސްޓްރައިކް ފޮރ ދަ ކްލައިމެޓް" ދޭހަވާ ނިޝާނެއް އުފައްދައި އެކަން ސަމާލުކަމަށް ގެނެސްފައެވެ. ތަންބާރގުގެ އެންމެ ފުރަތަމަ ހަރަކާތް ކުދިންނަށް ވަރަށް ކަމުގޮސް، ޔޫރަޕްގެ ގިނަ ސްކޫލުތަކެއްގެ ކުދިންވަނީ "ފްރައިޑޭސް ފޮރ ފިޔުޗަރ" ނަމުގައި ހަރަކާތެއްވެސް ފަށައިފައެވެ.
ތަންބާރގުގެ ނިޝާން މަގުބޫލުވެފައިވާލެއް ބޮޑުކަމުންނާއި އެހަރަކާތައް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވުމާއެކު، ދުނިޔޭގެ ލީޑަރުން އޭނާއަށް އެކި ތަފާތު މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި ވާހަކަ ދެއްކުމަށް ފުރުސަތު ދީފައިވެއެވެ. އޭގެ ތެރޭގައި އދ. އާއި އެމެރިކާގެ ކޮންގްރެސް ހިމެނެއެވެ.
ކްލައިމެޓް ޗޭންޖުގެ މައުލޫމާތު ފުރަތަމަ ތަންބާރގުއަށް އެނގުނީ އުމުރުން 8 އަހަރުގައެވެ. މަތިންދާ ބޯޓުން ދަތުރުކުރުމާއި ޖަނަވާރުންގެ މަސްކެއުން އަދި އެހެން ބައެއް ކަންތައްތައްވެސް ތަންބާރގު ދުނިޔޭގެ ކްލައިމެޓް ޗޭންޖަށް ކުރާ އިޙްތިރާމާއެކީ ވަނީ ދޫކޮށްލާފައެވެ. ތަންބާރގު ވަނީ އެމެރިކާގެ ކޮންގްރެސްގައި ވާހަކަ ދެއްކުމަށް ދެހަފުތާގެ ކަނޑު ދަތުރެއްކޮށް އައިސްފައެވެ.
advertisment
ހިޔާލު