އިއްޒުއްދީން ސްކޫލަށް ކުދިން ވައްދަންފަށައިފި

މާލޭގައި އަލަށް ފަށާ އިއްޒުއްދީން ސްކޫލަށް ކުދިން ވައްދަން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސްކޫލަށް ވައްދާ ކުދިން ރަޖިސްޓްރީ ކުރުން ރަސްމީ ދުވަސްތަކުގައި އެ މިނިސްޓްރީގައި އޮންނާނެ ކަމަށެވެ. ރަޖިސްޓްރީ ކުރުން ކުރިއަށް ދާނީ 8:30ން 1:00 އަށެވެ.

ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައި، އެއްދަންފަޅި އަށް ކިޔަވައިދޭ އެ ސްކޫލުގައި އަންނަ އަހަރު ކިޔެވުން ފަށާނީ ގްރޭޑު 1-6 އަށެވެ. ކޮންމެ އަހަރަކު އާ ގްރޭޑެއް ތައާރަފް ކުރަމުން ގޮސް ގްރޭޑް 10އާ ހަމައަށް ކިޔަވައިދިނުމަށް އެޑިއުކޭޝަނުން ވަނީ ނިންމާފައެވެ.
އިއްޒުއްދީން ސްކޫލަށް ޕްރިންސިޕަލަކު ހޯދަންވެސް މީގެ ކުރިން ވަނީ އިއުލާންކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *