ނައިޖީރިއާގެ 12 އަހަރުގެ ކުއްޖަކު ހިސާބުގެ އާ ފޯމިއުލާއެއް ހޯދައިފި

އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އަންނަ ނައިޖީރިއާގެ 12 އަހަރުގެ ކުއްޖަކު ހިސާބު އިލްމުގެ އައު ފޯމިއުލާއެއް ތައާރަފުކޮށް އެވޯޑެއް ހޯދައިފިއެވެ.

ޗިކާ އޮފިލީ ނަމަކަށް ކިޔާ މިދަރިވަރު "ޓްރޫ ލިޓްލް ހީރޯ އެވޯޑްސް" ހޯދީ ހިސާބު ގެއްލުމުގައި ބޭނުންކުރާނެ އައު ފޯމިއުލާއެއް ހޯދައިގެންނެވެ. އެ ފޯމިއުލާ އަކީ ނަންބަރުތައް 7 އިން ގެއްލޭ ފޯމިއުލާއެކެވެ.
"ޓްރޫ ލިޓްލް ހީރޯ އެވޯޑްސް" އަކީ ކޮންމެ އަހަރަކުވެސް އިނގިރޭސި ވިލާތުގެ 17 އަހަރުން ދަށުގެ ކުދިން ހޯދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގުވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

ޗިކާގެ ހިސާބު ޓީޗަރ އަދި މެތަމެޓިކްސް ޑިޕާޓްމަންޓުގެ އިސް ފަރާތް މިސް މޭރީ އެލިސް ބުނިގޮތުގައި، ޗިކާ މި ފޯމިއުލާ ހޯދާފައިވަނީ އޭނާގެ ހޮލިޑޭ އެސައިންމެންޓް ހެދުމުގެ ތެރޭގައި ކަމަށެވެ. މިސް މޭރީ އެލިސް ބުނިގޮތުގައި ހޮލިޑޭގައި ކިޔެވުމަށް "ފަސްޓް ސްޓެޕްސް ފޮރ ޕްރޮބްލެމް ސޯލްވަރސް" ނަންދީފައިވާ ފޮތެއް ދީފައިވާ ކަމަށެވެ. އެފޮތުގައި ތަފާތު ޑިވިސިބްލް ޓެސްޓްތައް ހުރިކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *