އަމިއްލަ ފަރާތްތަކަށް ޔުނިވާސިޓީ ހެދޭނީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ ދިހަ އަހަރު ވުމުން ކަމަށް މަތީ ތައުލީމާބެހޭ ބިލުގައި ހިމަނައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވެލިދޫ ދާޢިރާގެ މެމްބަރު މުހަންމަދު އަބްދުﷲ ޝަފީގުއެވެ.
މަތީ ތައުލީމާބެހޭ ބިލުގައިވާ ގޮތުން ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލު ކުރުމަށް، މެދުކެނޑުމެއް ނެތި ދިހަ އަހަރު ހިންގުމުގެ އިތުރުން އެތަނުން ހިންގާ ޑިޕޮލަމާއާއި އެޑްވާންސް ޑިޕްލޮޕާގެ އިތުރުން ބެޗްލާސް ޑިގްރީއާއި މާސްޓަރސް ޑިގްރީ ކޯސް ކާމިޔާބު ކަމާއެކު ހިންގަންޖެހެއެވެ. ކާމިޔާބު ކަމާއެކު ހިންގުން މި ބިލުގައި މާނަ ކޮށްފައި ވަނީ މޯލްޑިވްސ ކޮލިފިކޭޝަން އޮތޯރިޓީން ފާސްކުރުމަށްފަހު، ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް ދެ ބެޗް ކުރިއަށް ގެންގޮސް ގްރެޖުއޭޓް ވުމުންނެވެ.
ޔުނިވާސިޓީއަކަށް ބަދަލު ކުރުމަށް ހުށަހަޅާ ލިޔުން ސައްހަ ނުވުމުގެ އިތުރުން ޝަރުޠަކާ ޚިލާފު ވެއްޖެނަމަ އެ ޔުނިވާސިޓީއަކަށް ދޫކޮށްފައިވާ ހުއްދަ ބާޠިލް ކުރެވޭނެ ކަމަށް މި ބިލުގައި ބުނެފައިވެއެވެ.
ޔުނިވާސިޓީއެއް އުފައްދަން ހުށަހެޅުމުން ޝަރުޠުތައް ހަމަވޭތޯ ބަލަން މަތީތައުލީމާބެހޭ މިނިސްޓްރީން ފަންނީ ކޮމިޓީއެއް އެކުލަވާލަން ޖެހެއެވެ. މި ކޮމިޓީގެ ރިޕޯޓްގައި ޔުނިވާސިޓީއެއް ހަދަން ހުށަހެޅި ލިޔުންތަކުގައި ޝަރުޠުތައް ހަމަވޭތޯ ހިމަނަންޖެހެއެވެ. މި ރިޕޯޓް ލިބޭތާ ތިން މަސްދުވަހުގެ ތެރޭގައި އެ ރިޕޯޓް ދިރާސާ ކުރުމަށްފަހު ޔުނިވާސިޓީ އުފައްދަން ހުށަހެޅި ފަރާތައް މިނިސްޓްރީން ޖަވާބު ދޭންޖެހެއެވެ.
advertisment
ހިޔާލު