ޕާކިސްތާނުން 69 ލެޕްޓޮޕް ރާއްޖެއަށް ހަދިޔާކޮށްފި

ޕާކިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 69 ލެޕްޓޮޕް މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ހަވާލުކުރައްވައިފިއެވެ. އިއްުޔެ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލެޕްޓޮޕްތަކާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. އަދި މި ލެޕްޓޮޕްތައް މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއާ ހަވާލުކޮށްދެއްވީ ޕާކިސްތާންގެ އެމްބެސެޑަރ ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރޓޑ.) ވަސީމް އަކްރަމެވެ. މި ލެޕްޓޮޕްތައް ބޭނުންކުރެވޭނީ މަތީ ވަނަތައް ހާސިލްކުރާ ދަރިވަރުންނަށް އެވޯޑް ކުރުމަށެވެ. މިއީ ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ލެޕްޓޮޕް ހަދިޔާކުރެއްވި 3 ވަނަ އަހަރެވެ.

ލެޕްޓޮޕް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްބެސެޑަރ ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރޓޑ.) ވަސީމް އަކްރަމް ވިދާޅުވީ ޕާކިސްތާނުން އަބަދުވެސް ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމި އޮންނާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. ޢާއިޝަތު އަލީ ވަނީ ޕާކިސްތާން ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ސިއްޚީގޮތުން ރަނގަޅު ދުޅަހެޔޮ ހަށިހެޔޮ ދަރިވަރުންތަކެއް ބިނާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރައްވާ މަސައްކަތުގެ ދަށުން ދަރިވަރުން ކުޅިވަރުކުޅޭނެ ސާމާނުވެސް ޕާކިސްތާން ސަރުކާރުން ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *