މީރާގެ އެހީގައި ފިޔަވަތީގައި ކުލާސް ރޫމެއް އަޅަނީ

ދައުލަތުގެ ޓެކްސް އިދާރާގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ކުލާސް ރޫމެއް އަޅަން ފައިސާގެ އެހީއެއް ވެދީފިއެވެ.

މީރާގެ މުވައްޒަފުންގެ ފަރާތުން ދިން 65،000ރ އެހީގެ ފައިސާ ހަވާލުކޮށް ދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލެވެ. މި ފައިސާއާ ހަވާލުވެ ވަޑައިގެންނެވީ ފިޔަވަތީގެ ސީއީއޯ ޒީނާ ގާސިމްއެވެ.

މީރާއިން އިއްޔެ ބޭއްވި ކުޑަކުދިންގެ ހަވީރުގައި ފިޔަވަތީގައި އުޅެމުންދާ ކުދިންނާއެކު އެ ތަނުގެ މުވައްޒަފުން ވަނީ ތަފާތު ކުޅިވަރުތައް ކުޅެ ހިތްހަމަޖެހޭ މާހައުލެއް އެކުދިންނަށް ހޯދާ ދީފައެވެ. ކޮންމެ އަހަރަކުވެސް ކުޑަކުދިންނަށް ޚާއްޞަކޮށްގެން ހަވީރެއް ބާއްވަނީ މީރާގެ އިޖްތިމާއީ ޒިއްމާގެ ދަށުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *