ޗައިނާގެ ޘަޤާފަތާއި، ތާރީޚީ މުހިންމު ތަންތަން ބަލާލުމަށް ދިވެހި ތޭރަ ކުއްޖަކު އެ ގައުމަށް ގޮސްފިއެވެ.
ޗައިނާ މޯލްޑިވިއަން ކަންޗަރަލް އެސޯސިއޭޝަނުން އިންތިޒާމްކުރި މި ދަތުރުގައި ދިޔަ ކުދިން އެގައުމުގެ އާސާރީ ތަންތަނަށާއި، ސްކޫލްތަކަށް ޒިޔާރަށްކޮށް މައުލޫމާތު އެއްކުރާނެއެވެ. މިއީ އެ އެސޯސިއޭޝަނުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޘަޤާފީ މި ދަތުރުގައި ޗައިނާއަށް ދާ ކުދިން ހޮވަނީ އެ އެ އެސޯސިއޭޝަނުން ހުޅުވާލާ މަޒުމޫން ލިޔުމުގެ މުބާރާތުން ހޮވާ އެންމެ މޮޅެތި ކުދިންނެވެ. މި އަހަރުގެ ދަތުރުގައި ބައިވެރިވެފައި ވަނީ ގއ. ކޮލަމާފުށި، ވިލިނގިއްޔާއި، ތ. ވޭމަންޑޫ، ތިމަރަފުށި، އދ. ދަނގެއްޗާއި ދިގުރަށުގެ ކުދިންނެވެ.
ދިހަ ދުވަހުގެ މި ދަތުރުގައި ބައެއް ސްކޫލްތަކުގެ ކުދިންނާ ގުޅުން ބަދަހިކޮށް ތާރީޚާއި ޘަޤާފަތާ ގުޅުން ހުރި މައުލޫމާތު އެކުދިން ހޯދާނެއެވެ. އަދި ޗައިނާގެ ބޮޑު ފާރު ބަލާލަން ވެސް އެކުދިން ދާނެއެވެ.

ޗައިނާ މޯލްޑިވިއަން ކަންޗަރަލް އެސޯސިއޭޝަނުން މި ދަތުރު އިންތިޒާމް ކުރާތާ މިއީ ހަތަރު ވަނަ އަހަރެވެ. އެ އެސޯސިއޭޝަން އުފެއްދީ ކުރީގެ އިކޮނޮމިކް މިނިސްޓަރު، ކުޑަދަހަރާގޭ މުހަންމަދު ރަޝީދު އިސްވެ ހުންނަވައި، 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
advertisment
ކިޔުންތެރިންގެ ޚިޔާލުތައް
މި ދަތުރަކީ އަޅުގަނޑަށް އެތަކެއް ފިލާވަޅުތަކެއް ދަސްވި ދަތުރެކެވެ. ތަފާތު މީހުންނާ ބައްދަލުވެ، އާ ގޮތްތަކެއް ދަސްވި ދަސްވި ދަތުރެކެވެ. އަޅުގަނޑަށް މިފަދަ ފުރުސަތެއް ދެއްވީތީ ސީ. ޢެމް. ސީ. އޭ އަށް ހިތުގެ ފުމްމިނުން ޝުކުރު އަދާކުރަމެވެ