އަންނަ އަހަރަށް އެކްސެލް އިންޓަރނޭޝަނަލް ސްކޫލަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ސްކޫލުން ބުނީ ޖާގަ ފުލްވަންދެން ކުދިންނަށް ފުރުސަތު ދެމުން ގެންދާނެ ކަމަށެވެ. އެ ސްކޫލަށް ވަންނަން އެދޭކުދިންގެ އަތުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 490 ރުފިޔާ ނަގާނެއެވެ. ބޭބީ ނާސަރީ ކުދިންގެ ސްކޫލް ފީއަކީ މަހަކު 1190 ރުފިޔާއެވެ. ނާސަރީ ކުދިންގެ އަތުންނަގާ ފީއަކީ 1290 ރުފިޔާއެވެ. އެލްކޭޖީ ކުދިންގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ 1390 ރުފިޔާއެވެ. ޔޫކޭޖީ ކުދިންގެ އަތުން ނެގުމަށް ހަމަޖެހުފައިވަނީ 1490 ރުފިޔާއެވެ.
އެ ސްކޫލަކީ މާލޭގައި ކުރިއަރަމުންއަންނަ އިންޓަރނޭޝަނަލް ޕްރީސްކޫލެކެވެ. އެތަނުގެ ތިންވަނަ ގޮފި ހުޅުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެމެރިކާގެ ސިލަބަހަކަށް ކިޔަވައިދޭ މި ޕްރީސްކޫލަކީ ގިނަ ބައެއްގެ މަޤޫބޫލުކަން ލިބިފައިވާ އަދި ހޯދަމުންދާ މަޝްހޫރު ސްކޫލެކެވެ.
ސްކޫލުގައި ކިޔަވައި ދެއްވާނީ ތަމްރީންވެފައިވާ ކޮލިފައިޑް ބޭފުޅުންނެވެ.
advertisment
ހިޔާލު