އަތޮޅުތެރޭގެ ތިރީސް ހަ ސުކޫލަކަށް ޕްރިންސިޕަލުން ހޯދަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއުލާނުކޮށްފި އެވެ.
މި އިއުލާނުގައިވާ ގޮތުން ޕްރިންސިޕަލުން ހޯދަނީ 14 އަތޮޅެއްގެ 36 ސްކޫލަކަށެވެ. އެންމެ ގިނައިން ޕްރިންސިޕަލުން ހޯދަން އިއުލާން ކޮށްފައި ވަނީ ނ. އަތޮޅުގެ ރަށްތަކުގެ ސްކޫލްތަކަށެވެ. އެއަތޮޅުގެ ހަ ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން އިއުލާން ކޮށްފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ ޕްރިންސިޕަލްކަމަށް ކުރިމަތިލާ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހުގެ 1:30 ގެ ކުރިން ލިޔެކިޔުންތައް އެ މިނިސްޓްރީއަށް ހުށަހެޅުމަށެވެ. އެ އިއުލާނުގައި ބުނެފައި ވަނީ ވަޒީފާ ދިނުމުގައި ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނުގެ އިތުރުން މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލާނެ ކަމަށެވެ.އަދި މަސައްކަތުގެ ގާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކުރާނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަ ނަމަ ދިހަ ފަރާތެއް ޝޯޓް ލިސްޓް ކުރާނެކަމަށެވެ. ޝޯޓް ލިސްޓް ކުރާނީ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެންނެވެ.
ޕްރިންސިޕަލުން ހޯދަން އިއުލާން ކުރި ސްކޫލްތައް
•
ހއ. މޮޅަދޫ ސްކޫލް
• ހއ. ބާރަށު ސްކޫލް
• ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
• ހދ. ފިނޭ ސްކޫލް
• ހދ. ނޭކުރެންދޫ ސްކޫލް
• ށ. ފީވަކު ސްކޫލް
• ށ. ބިލެތްފަހި ސްކޫލް
• ށ. ފޭދޫ ސްކޫލް
• ށ. ނޫމަރާ ސްކޫލް
• މުނައްވަރާ ސްކޫލް
• ނ. ފޮއްދޫ ސްކޫލް
• ނ. ކެނދިކުޅުދޫ ސްކޫލް
• ނ. ލަންދޫ ސްކޫލް
• ނ. މަގޫދޫ ސްކޫލް
• ނ. ހިދާޔާ ސްކޫލް
• ނ. މާފަރު ސްކޫލް
• ރ. އަނގޮޅިތީމް ސްކޫލް
• ބ. ދޮންފަނު ސްކޫލް
• އއ. އަތޮޅު މަދަރުސާ
• އއ. މަތިވެރި ސްކޫލް
• އދ. މަންދޫ ސްކޫލް
• އދ. ފެންފުށި ސްކޫލް
• މ. ރަތްމަންދޫ ސްކޫލް
• ދ. ހުޅުދެލި ސްކޫލް
• ދ. ރިނބުދޫ ސްކޫލް
• ތ. ހިރިލަންދޫ ސްކޫލް
• ތ. ބުރުނީ ސްކޫލް
• ތ. މަޑިފުށި ސްކޫލް
• ތ. އޮމަދޫ ސްކޫލް
• ތ. އަތޮޅު ތައުލީމީ މަރުކަޒު
• ލ. ދަނބިދޫ ސްކޫލް
• ގއ. އަތޮޅު މަދަރުސާ
• ގއ. ކޮނޑޭ ސްކޫލް
• ގދ. ވާދޫ ޖަމާލުއްދީން ސްކޫލް
• ގދ. ފިޔޮރީ ސްކޫލް
advertisment
ހިޔާލު