ޚާއްސަ ދެފޮތެއް އިފްތިތާހު ކޮށްފި

މޯލްޑިވްސް އެޑިޔުކޭޝަން ސެކްޓަރ އެނަލިސިސް 2019 އާއި، މޯލްޑިވްސް އެޑިޔުކޭޝަން ސެކްޓަރ ޕްލޭން 2019 – 2023 މި ދެފޮތް މިއަދު އިފްތިތާހިކޮށްފިއެވެ.
މި ދެ ފޮތް އިފްތިތާޙް ކޮށްފައިވަނީ މިއަދު މިކަމަށް ޚާއްސަކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ އާއި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަނެވެ.
2019 އިން ފެށިގެން 2023 އާއި ހަމަޔަށް ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާގެ މަސައްކަތްތައް ހިނގަމުން ދާނީ މި ޕްލޭންގެ ދަށުން ރޭވިގެން ކުރިއަށްގެންދާ އެޑިޔުކޭޝަން ސެކްޓަރ އިމްޕްލިމެންޓޭޝަން ޕްރޮގްރާމްގެ ތެރެއިންނާއި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުންނެވެ.
މި ފޮތްތަކަކީ ގްލޯބަލް ޕާޓްނަރޝިޕް ފޯރ އެޑިއުކޭޝަން ( ޖީ.ޕީ.އީ ) ގެ ހިލޭ އެހީގެ ދަށުން ތައްޔާރުކުރެވިފައިވާ ފޮތްތަކެކެވެ. އީ.އެސް.ޕީ އެކުލަވާލުމާއިއެކު ޖީ.ޕީ.އިން ވަނީ ކުރިއަރަމުންދާ ޤައުމުތަކުގެ ލިސްޓަށް އިތުރުކުރެވޭ 68 ވަނަ ޤައުމުގެ ގޮތުގައި ރާއްޖެ ކަނޑައަޅާފައެވެ.
އީ.އެސް.އޭ އަދި އީ.އެސް.ޕީ ގެ ކޯޑިނޭޓންގ އޭޖެންސީ އަދި ގްރާންޓިންގ އެޖެންސީގެ ރޯލު އަދާކޮށްފައިވަނީ ޔުނިސެފްގެ ފަރާތުން ކަމަށް އެޑިޔުކޭޝަނުން ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *