ފެހެންދޫއިން ގޮއިދޫއަށް ދަރިވަރުން ގެންދާނެ އުޅަދެއް 100 ދުވަހުގެ ތެރޭގައި ބަންނަނީ

ބ. ފެންދޫއިން އެއަތޮޅު ގޮއިދޫއަށް ދަރިވަރުން ގެންދާނެ އުޅަނދެއް 100 ދުވަހުގެ ތެރޭގައި ބަންނަން ބަޔަކާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އުޅަނދު ބަންނަން ހަވާލުކުރީ އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރެއްވީ އިއްޔެ އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފައިނޭންސް އެގްޒެކެޓިވް ނައުޝާދު އިބްރާހިމެވެ. އަލްޝާލީގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަން މެނޭޖަރ އިސްމާއިލް ޝަރީފެވެ.

ފެންދޫ ދަރިވަރުން ގައިދޫއަށް ގެންދަން ބަންނަ އުޅަނދުގެ އަގަކީ 2.4 މިލިއަން ރުފިޔާއެވެ. އިންޑިޔާ ސްރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މި އުޅަނދުގެ މަސައްކަތް ނިމި، އަންނަ މާރޗް މަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ފެހެންދޫ ކުދިން މިހާރު ސްކޫލަށް ދަނީ އެކަށީގެންވާ އުޅަނދެއްގައެއް ނޫނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *