އޮސްޓްރޭލިއާއިން ރާއްޖޭގެ 12 ދަރިވަރަކަށް ސްކޮލަރޝިޕް ދީފި

އޮސްޓްރޭލިއާ އެވޯޑްސްގެ ދަށުން ރާއްޖޭގެ 12 ދަރިވަރަކަށް ސްކޮލަރޝިޕް ދީފިއެވެ. މި ސްކޮލަރޝިޕްތައް ދަރިވަރުންނާ ހަވާލުކޮށް ދެއްވީ ފޮރިން ސެކެރެޓަރީ އަބްދުލް ޣަފޫރު މުހަންމަދެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔެވޭނީ އަންޑަރ ގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓް ފެންވަރަށެވެ. މި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންގެ ކިޔެވުމުގެ ހުރިހާ ޚަރަދަކާއި ދެކޮޅު ޓިކެޓާއި އިންސޫރަންސް ވަނީ ހަމަޖައްސާފައެވެ.

އޮސްޓްރޭލިއާއިން ވަނީ މިދިޔަ އަހަރުވެސް ރާއްޖޭގޭ އަށް ދަރިވަރަކަށް ސްކޮލަރޝިޕް ދީފައެވެ. އަންނަ އަހަރު ދޭ ސްކޮލަރޝިޕަށް ކުރިމަތި ލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *