މ.ކޮޅުފުށި ސްކޫލަށް 8 ކުލާސްރޫމާއި މަލްޓި ޕަރޕަސް ހޯލެއް އިތުރުކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ހޯމަދުވަހު ސޮއިކޮށްފިއެވެ.
މިއީ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާ މިމަސައްކަތް ޙަވާލުކޮށްފައިވަނީ ހަތް ލައްކަ ފަސްދޮޅަސް ނުވަހާސް ނުވަދިހަ އަށް ރުފިޔާ ހަތްދިހަ ހަ ލާރި އަށެވެ. މަސައްކަތް ނިންމަން އެއްބަސްވެފައިވާ މުއްދަތަކީ 250 ދުވަހެވެ. މި މަސައްކަތް މުޅިން ނިމޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު އޯގަސްޓުމަހުގައެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބްރާހީމެވެ. މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައީދެވެ.
advertisment
ހިޔާލު