މ. ކޮޅުފުށީ ސްކޫލްގައި އަށް ކުލާސްރޫމާއި މަލްޓި ޕަރޕަސް ހޯލެއް އިމާރާތް ކުރުމަށް މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. އެކުންފުންޏާ މި މަސައްކަތް ހަވާލުކުރީ މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއް
ގައެވެ.
މާރިސް އިން މި މަސައްކަތް ނިންމަން ހުށަހަޅާފައި ވަނީ 250 ދުވަހުގެ ތެރޭގައި، 7.6 މިލިއަން ރުފިޔާއަށެވެ.
އަށް ކުލާސްރޫމާއި މަލްޓި ޕަރޕަސް ހޯލް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބްރާހީމެވެ. މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދުއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މި ދެ އިމާރާތުގެ މަސައްކަތް ނިމި ބޭނުން ކުރަން ފެށޭނެއެވެ.
advertisment
ހިޔާލު