މީމިސް އެންމެފަހުން ބެލެނިވެރިންނާ ހަމައަށް ތިލަވެއްޖެ

މޯލްޑިވްސް އެޑިޔުކޭޝަން މެނޭޖްމަންޓް ސިސްޓަމް (މީމިސް) އެންމެފަހުން ބެލެނިވެރިންނާ ހަމައަށް ތިލަވީއެވެ. އެތައް ފަސޭހަތަކެއް ހިފައިގެންނެވެ.
މީމިސް އަކީ ދިވެހިރާއްޖޭގައި ކިޔަވާކުދިންގެ މަޢުލޫމާތު އެއްތަނަކުން ވަގުތުން ވަގުތައް ހާމަކޮށްދީ އެކުދިންގެ މަޢުލޫމާތާއި ތަފާސް ހިސާބު ހޯދުމަށް ސްކޫލްތަކާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޤާއިމްކޮށްފައިވާ މެނޭޖްމަންޓް އިންފޮމޭޝަން ސޮފްޓްވެއަރއެކެވެ. މި ސޮފްޓްވެއަރއަކީ ރާއްޖޭގައި ނިޒާމީ ތަޢުލީމް ފޯރުކޮށްދޭ ޕްރީސްކޫލްތަކުން ފެށިގެން މަތީ ޘާނަވީ ތަޢުލީމް ފޯރުކޮށްދޭ ހުރިހާ ސްކޫލްތަކެއްގައި ކިޔަވާ ދަރިވަރުންގެ މަޢުލޫމާތު ހިމެނޭ ޚާއްސަ ޕްރޮގްރާމެކެވެ.
މީމިސް ބޭނުންކުރަން ފެށުނުއިރު އެއީ ހަމައެކަނި ދަރިވަރުންގެ އަސާސީ މަޢުލޫމާތު ރައްކާކުރެވޭ އެއްޗެކެވެ. އެހެންނަމަވެސް މީމިސް މިހާރު ވަނީ ތަރައްޤީކުރެވިފައެވެ. އެތަރައްޤީގެ ސަބަބުން އެއިން ދަރިވަރުންގެ ހާޒިރީ އޮންލައިކޮށް ބެލެހެއްޓެއެވެ. އޭގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ވަގުތުން ވަގުތަށް ދަރިވަރުން ހާޒިރީގެ މަޢުލޫމާތު ބަލާލެވޭނެއެވެ.
މީމީސް އިތުރަށް ތަރައްޤީކުރެވި މީމިސް ލޯންޗް ކުރެވުނުފަހުން މިވީ ތިންއަހަރެވެ. ތިން އަހަރުވީއިރު މިއަހަރު (2019 އަހަރު) މިވަނީ ބެލެނިވެރިންނާހިސާބަށް މީމިސް ތިލަކޮށްދެވިއެވެ.
މީމިސް މެދުވެރިކޮށް ބެލެނިވެރިންނަށް ވެސް މިހާރު ދަރިވަރުންގެ ރިޕޯޓް ފޮތް އޮންލައިންކޮށް ބަލާލެވޭނެއެވެ. އޭގެ އިތުރުން ދަރިވަރުންގެ ކިޔެވުމުގެ އެކިއެކި މަރުޙަލާތަކުގައި ޙާޞިލްވެފައިވާ އަދި ޙާޞިލް ވަމުންދާ މިންވަރު ވެސް ބެލެނިވެރިންނަށް އޮންލައިކޮށް ބެލޭނެއެވެ.
މީމިސް އެޕްސްޓޯރުން މިހާރު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މީމިސް ޔުސަރ ގައިޑްގެ ވީޑިއޯ ޕްރެސެންޓޭޝަނެއް ތައްޔާރުކޮށް މިހާރުވަނީ ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނަށް ފޯރުކޮށްދީފައި ކަމަށްވެސް އެޑިޔުކޭޝަނުން ވިދާޅުވިއެވެ. ޔޫ ޓިއުބް މެދުވެރިކޮށްވެސް ޔޫސަރ ގައިޑް މިހާރު ބަލޭލެވޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *