އެމްވީޓީވީ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

އެމްވީޓީވީ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ. ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ބާއްވާފައިވަނީ ރޭ 9:00 ގައި ޤައުމީ ޔުނިވަރުސިޓީ އޮޑިޓޯރިއަމްގައެވެ.
މި މުބާރާތްތަކުގައި ހާހެއްހައި ކުދިން ބައިވެރިވިއެވެ. މިހަފްލާ ޝަރަފްވެރިކޮށްދެއްވީ ދިއްދޫ ދާއިރާގެ މަޖިލީސް މެމްބަރު ޢަބްދުﷲ ވަޙީދެވެ.

އެމްވީޓީވީ ޖިލްބާބު ޤުރުއާން މުބާރާތް 1440 ގެ މުޅި މުބާރާތުން
1 ވަނަ : ނާހިދު ޢަބްދުލް ޙަމީދު
2 ވަނަ : އަޙްމަދު ނަބީހު ޢަބްދުލް ޤާދިރު
3 ވަނަ : މުޙައްމަދު ފަޔާޒު ފަޒީލް

އެމްވީޓީވީ އައިކެއާރ އޮޕްޓިކަލްސް ޤުރުއާން މުބާރާތް 1439 ގެ މުޅި މުބާރާތުން މުޅި މުބާރާތުން
1 ވަނަ : އައިމިނަތު ނަބާހާ ހުސައިން
2 ވަނަ : އިސްމާޢީލް ނަބްހާން ނަސީރު
3 ވަނަ : އަޙްމަދު އަލްސަން ޢަލީ

އެމްވީޓީވީ މަދަހަ މުބާރާތް 1440 މުޅި މުބާރާތުން
1 ވަނަ : އައިމިނަތު ޒަހާ ނިހާދު
2 ވަނަ : މަރިޔަމް ލައިސާ ބިންތު ޢަލީ
3 ވަނަ : އަދުޔަން މުޙައްމަދު ފަހީމް

އެމްވީޓީވީ މަދަހަ މުބާރާތް 1439 މުޅި މުބާރާތުން
1 ވަނަ : ޒޫޝަން ޖަވާދު
2 ވަނަ : އައިޝަތު ޒަހާ ޒިޔާދު
3 ވަނަ : އައިޝަތު ނައުރީން ހަމްދީ
މި ޖަލްސާގައި ޝަރަފުވެރިމެހުމާން ޢަބްދުﷲ ވަޙީދު ވިދާޅުވީ ވަނަތައް ހާސިލް ކުރި ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން ވެސް ކީރިތި ޤުރުއާން ކިޔެވުމުގައި އިތުރު ހަރުފަތަކަށް ވާޞިލްވުމަށް އިތުރު މަސައްކަތާއި ހިތްވަރެއްކުރަން ޖެހޭ ކަމަށެވެ.
މިފަދަ މުބާރާތްތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި ޤުރުއާން ކިޔެވުމާއި މަދަޙަ ކިއުމުގެ ރޫޙުއާލާވެ، ވާދަވެރިކަން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުން ކަމަށް އެމްޓީވީން ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *