ދޮންދޫނި ޕްރީ ސްކޫލުގެ ޔޫސުފް ކީރިތި ޤުރުއާން ހިތުދަސްކޮށްފި

ދޮންދޫނި ލިޓްލް ލާނާރސް ޕްރީ ސްކޫލުގެ ޔޫކޭޖީ ދަރިވަރު ޔޫސުފް ބިން މާޒިން ޤުރުއާން ހިތުދަސްކޮށްފިއެވެ.
ރ. އިނގުރައިދުއަށް އުފަން ޔޫސުފް ޤުރުއާން ހިތު ދަސްކުރުމުން އޭނާއަށް ވަނީ ޝަރަފުގެ ޓްރޮފީ ޙަވާލު ކޮށްފައެވެ.
ޢުމުރުން ހަ އަހަރުގެ ޔޫސުފަށް ޝަރަފުގެ ޓްރޮފީ ޙަވާލުކޮށްދެއްވީ ހިރިޔާ ސްކޫލުގައި ރޭބޭއްވި ދޮންދޫނި ޕްރީ ސްކޫލުގެ ގުރެޖުއޭޝަން ޖަލްސާގެ ޝަރަފުވެރި މެހުމާން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު ޑރ. އަޙުމަދު ޒާހިރު ޢަލީ އެވެ.
މި ދަރިވަރަށް ޤުރުއާން ހިތުދަސްކޮށްދިނުމުގެ މަތިވެރި މަސައްކަތް އޭނާގެ ބެލެނިވެރިން ފަށައިފައިވަނީ ބޭބީ ނާސަރީގައެވެ. ބޭބީ ނާސަރީގައި އޭނާވަނީ ފޮތެއް ދަސްކޮށްފައެވެ. ނާސަރީގައި ދެ ފޮތް އެލްކޭޖީގައި ފަސް ފޮތް އޭނާ ދަސްކުރިއެވެ. މުޅި ޤުރުއާން ހިތުދަސްކޮށް ޝަރަފުގެ ޓްރޮފީ ޙާސިލްކުރީ ޔޫކޭޖީގައެވެ. ޔޫކޭޖީގައި އޭނާވަނީ 22 ފޮތް ދަސްކޮށްފައެވެ.
މިދިޔަ އަހަރުވެސް ދޮންދޫނި ޕްރީ ސްކޫލުގެ ޔޫކޭޖީގެ ދަރިވަރަކުވަނީ ޤުރުއާން ހިތުދަސްކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *