މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭއްވި އެންމެ ބޮޑު މައުރަޒު " ފަންނު އެކްސްޕޯ" ގައި އިހަވަންދޫ ސްކޫލް ވިދާލައިފިއެވެ.
އިހަވަންދޫ ސްކޫލަށް ވަނީ ތައުލީމުދޭ މަރުކަޒުގެ ދާއިރާއިން އެއްވަނަ ލިބިފައެވެ. އަދި ލަކުނޑީގެ ބާވަތްތައް އުފެއްދުމުން ދެ ވަނަ ލިބިފައިވެއެވެ.
އިހަވަންދޫ ސްކޫލުން ބައިވެރިކޮށްފައި ވަނީ ސަފާރީ އުޅަނދަކާއި ދެ ވައްތަރެއްގެ ދޯންޏެކެވެ.

އިހަވަންދޫ ސްކޫލުން ބުނީ މައުރަޒުގައި ބައިވެރިކުރީ އެ ސްކޫލްގެ ދަރިވަރުންގެ އުފެއްދުންތަކެއް ކަމަށެވެ.
" މި ސްލޫލަށް 50 އަހަރު ފުރުމާ ގުޅުވައިގެން ހިންގި ހަރަކާތްތަކުގެ ތެރޭގައި އަޅުގަނޑުމެން ދަރިވަރުންނަށް ހުޅުވާލައިގެން މައުރަޒެއް ބޭއްވިން. އެ މައުރަޒުގައި ބައިވެރިކުރި ތަކެތީގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ތަކެތި އެކްސްޕޯގައި ބައިވެރިކުރުވީ" އެ ސްކޫލުން ވާހަކަ ދެއްވި އޮފިޝަލަކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މައުރަޒުން ފެންނަން ހުރި ތަކެއްޗަކީ އެ ސްކޫލްގެ ދަރިވަރުންގެ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ.

ފަންނު އެކްސްޕޯގައި ލަނކުޑީގެ މަސައްކަތަށް އެއްވަނަ ލިބުނު ސަފާރީ 10،000ރ އަށް ވިއްކަން ވަނީ އަގުޖަހާފައެވެ.
ފަންނު އެކްސްޕޯގައި ކުޑަކުދިންގެ ވާހަކަ ފޮތާއި، ކުޑަކުދިންނާ ގުޅޭ އުފެއްދުންތައް ވަނީ ވިއްކަން ބަހައްޓާފައެވެ.
advertisment
ހިޔާލު