ދިރާސީ އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ މިއަދު ފެށިއްޖެއެވެ. ބޮޑު ޗުއްޓީގައި ލިބެނީ ގާތްގަޑަކަށް ދެ މަހެއްހާ ދުވަހެވެ. ހުރިހާ ސްކޫލެއްގައި މިއަދު ވަނީ ރިޕޯޓް ފޯމް ދީފައެވެ. މި އަހަރު ރިޕޯޓް ފޯމް ދިނީ ޑިޖިޓަލް ކޮށެވެ.
ދިރާސީ ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރު ކިޔެވުން ފަށާނީ ޖެނުއަރީ 12 ގައެވެ.
ތައުލީމާބެހޭ ވުޒާރާއިން ދިން މައުލޫމާތު ތަކަށް ބަލާއިރު، މި އަހަރު 73،000 ކުދިން ސްކޫލްތަކުގައި ރަސްމީ ތައުލީމް ޙާޞިލްކޮށްފައިވެއެވެ.
advertisment
ހިޔާލު