މިއަހަރުގެ ޖުލައި މަހުން ފެށިގެން އޮކްޓޯބަރ މަހުގެ ނިޔަލަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށްގެންދިޔަ 'ކުދި ސްކޫލް ތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް' 30 ސްކޫލެއްގައި ކުރިއަށް ގެންގޮސްފިއެވެ.
މިއިން ކޮންމެ ސްކޫލެއްގައިވެސް އެއް ހަފްތާގެ މުއްދަތައް މިހަރަކާތްވަނީ ކުރިއަށް ގެންގޮސްފައެވެ. މިހަރަކާތުގައިވަނީ 30 ސްކޫލުން ޖުމުލަ 609 ޓީޗަރުންނަށާއި، 2608 ދަރިވަރުންނަށާއި، 1486 ބެލެނިވެރިންނަށް އެދާއިރާއަށް އަހުލުވެރިކޮށްފައެވެ. އަދި ސްކޫލުތަކުގެ ޓީޗަރުންނާއެކު ލެސަންޕްލޭން ހައްދުވާ، އައި.އީ،ޕީ ހައްދުވާ ކޯޓީޗިންގ މޮޑެލް ބޭނުންކޮށް ކިޔަވައިދިނުން ވެސް ވަނީ ކުރިއަށް ގެންދެވިފައެވެ. އަދި މީގެ އިތުރުން އުނގެނުމުގައި ބޭނުންކުރާނެ ތަފާތު ވަސީލަތްތައް މާހައުލުންލިބޭ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރުމުގެ ސެޝަންސްތައް ބާއްވައި އެތަކެތި ސްކޫލުތަކައް ހަދިޔާ ކުރުންވެސް އޮތެވެ.
މި ޕްރޮގް ކާމިޔާބުކަމާއިއެކު ކުރިއަށްގެންދެވުނީ މާލޭގައި މި ދާއިރާގައި އިސްކޮށް މަސައްކަތްކުރަމުންދާ ސްކޫލުތަކުގެ އެއްބާރުލުމާއެކު ކަމަށް އެޑިޔުކޭޝަނުން ވިދާޅުވިއެވެ. މިގޮތުން އިމާދުއްދީން ސްކޫލް، ޣާޒީ ސްކޫލް، އަމީނިއްޔާ ސްކޫލް، ތާޖުއްދީން ސްކޫލް، މުހުޔިއްދީން ސްކޫލް، ޖަމާލުއްދީން ސްކޫލް، އަދި ޝަރަފުއްދީން ސްކޫލުގެ އިންކްލޫސިވް ލީޑިން ޓީޗަރުންނާއި ޓީޗަރުން މި ޕްރޮގްރާމަށް ވަގުތު ދެއްވައި، ހިއްވަރާއިއެކު މަސައްކަތް ކޮށްދެއްވައިފައިވެއެވެ. އެހެންކަމުން އެޑިޔުކޭޝަނުންވަނީ އެ ބޭފުޅުންނަށާއި ސްކޫލުގެ މެނޭޖްމަންޓަށް އަދާކުރައްވައިފައެވެ.
advertisment
ހިޔާލު