ދިޔަމިގިލީ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ޝާރިފް

ތ.ދިޔަމިގިލީ ސްކޫލުގެ ވޭތުވެދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ތ.ދިޔަމިގިލި / ބުލްބުލާގެ، ޝާރިފް އިބްރާހިމް ހޮވައިފިއެވެ.

ދިޔަމިގިލީ ސްކޫލުގައި މިއަދު ބޭއްވި 2018 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ޝާރިފް އަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ހަނދާނީ ފިލާ އަދި ތަޢުލީމީ ވުޒާރާއިން ދެއްވި ޓްރޮފީ އާއި ދިޔަމިގިލީ ސްކޫލުގެ ފަރާތުން ދީފައިވާ ޓްރޮފީއާއި މެޑަލް ހަވާލު ކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާން ދިޔަމިގިލީ ކައުންސިލް އިދާރާގެ ޑިރެކްޓަރ ޔަޙްޔާ ރަޝީދު އެވެ.

ވޭތުވެދިޔަ އަހަރު ދިޔަމިގިލީ ސްކޫލުގެ ވައިސް ކެޕްޓަންކަންވެސް ކޮށްފައިވާ ޝާރިފް އިބްރާހިމްވަނީ 2018 ވަނަ އަހަރުގެ ކޭމްބްރިޖް އޯލެވަލް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާން ގައި ސްކޫލު ލެވަލްގައި ދޭ ޑިސްޓިންކްޝަން އެވަރޑްވެސް ޙާޞިލްކޮށްފައެވެ.

މިޖަލްސާގައި ވޭތުވެދިޔަ އަހަރު ގްރޭޑް ނުވައަކުން މަތީގެ ކްލާސްތަކުން ވަނަ ވަނައަށް އައި ދަރިވަރުންނާއި ސަބްޖެކްޓް ޕްރައިޒް ލިބުނު ދަރިވަރުންނާއި ޖެނެރަލް ޕްރޮފެޝަންސީ ޕްރައިޒް އަދި އޮނަ ލިސްޓެޑް އެވާރޑް ލިބުނު ދަރިވަރުންނަށްވެސް މެޑަލާއި ހަނދާނީ ފިލާ ހަވާލުކޮށްފައިވެއެވެ. މީގެއިތުރުން ވޭތުވެދިޔަ 2018 ވަނަ އަހަރު ކޭމްބްރިޖް އޯލެވަލް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާން ގައި ސްކޫލު ލެވަލްގައި ޓޮޕް އެޗީވާސް އެވޯޑް ލިބުނު ދަރިވަރުންނަށްވެސް ޓްރޮފީ ހަވާލުކޮށްފައިވެއެވެ. މިފަރާތްތަކަށް ޓްރޮފީ ހަވާލުކޮށްދެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ވިޝާމް އަދި ދިޔަމިގިލީ ހެލްތް ސެންޓަރުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ހެލްތް ސަރވިސަސް އަޙްމަދު ރިޔާޒުއެވެ.

މިއަދު ބޭއްވި ދިޔަމިގިލީ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ސްކޫލުގެ ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓް އިއްވާފައިވެއެވެ. މިރިޕޯޓް އިއްވައިދެއްވީ ދިޔަމިގިލީ ސްކޫލުގެ ޕްރިންސިޕަލް ޔޫސުފް ޒަކަރިއްޔާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *