ނަޒާހަތްތެރިކަމާ ގުޅޭ ވީޑިއޯ ސްޕޮޓް ހެދުމުގެ މުބާރާތެއް ބާއްވަނީ

ދަރިވަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ނަޒާހަތްތެރިކަމާބެހޭ ސިފަތަކަށް ހިތްވަރުދޭ ވީޑިއޯ އުފެއްދުމަށް ހުޅުވާލައިފިއެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ބުނީ މި މުބާރާތުގައި ތިން ކެޓަގަރީއެއްގައި ބައިވެރި ވެވޭނެއެވެ. އެއީ 18 އަހަރުން ދަށަށް ޚާއްޞަކޮށްފައިވާ ދަރިވަރުންގެ ބަޔާއި، އަށާރަ އަހަރުންގެ މަތީގެ ބަޔާއި، ކޮލެޖް ޔުނިވަރސިޓީ، ޔަމިއްޔާތަކުގެ ބައެވެ.

މި މުބާރާތުގެ ބައިވެރިވުމުގެ ސުންގަޑިއަކީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ 14:00 ކުރިންނެވެ. ބައިވެރިވުމަށް އެކަމަށް ޚާއްޞަކޮށްފައިވާ ފޯމެއް ހުށަހަޅަން ޖެހޭނެއެވެ.
އެ ކޮމިޝަނުން ބުނީ މި މުބާރާތް ބާއްވާނީ އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 31 ޑިސެމްބަރު މަހުގެ ލިޔަލަށެވެ.

އޭސީސީން ބުނީ މި މުބާރާތުގެ ކޮންމެ ކެޓަގަރީއަކުންވެސް ހޮވާ ފަރާތްތަކަށް ފައިސާގެ އިނާމް ކަނޑައަޅާފައިވާ ކަމަށެވެ. އެއްވަނައަށް ހުށަހަޅާފައި ވަނީ 20،000ރ އެވެ. ދެވަނައަށް ހުށަހަޅާފައި ވަނީ 15،00ރ އެވެ. ތިންވަނައަށް ހުށަހަޅާފައި ވަނީ 10،000ރ އެވެ.

މި މުބާރާތުގެ މަގުޞަދަކީ ނަޒާހަތްތެރިކަމުގެ ސިފަތައް ކުރިއެރުވުމަށް ހިތްވަރުދޭ ވީޑިއޯ ސްޕޮޓްތަކެއް އުފެއްދުމުގެ ފުރުޞަތު މުޖުތަމަޢުގެ އެންމެހާ ފަރާތްތަކަށް ފަހިކޮށް ދިނުމާއި،ކޮޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ރޫޙު އާލާކޮށް، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ހިތްވަރުދިނުމެވެ. އަދި އެ ކޮމިޝަނުން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ސެޝަންތަކާއި އާންމުން ހޭލުންތެރިކުރުމަށް ސޯޝަލް މީޑިއާ ޒަރީއާއިން އަދި ރާއްޖޭގެ ޓީވީ ޗެނަލްތައް މެދުވެރިކޮށް އާންމުން ހޭލުންތެރިކުރުވުމަށް ގެނެސްދެވޭނެ އެންޓި-ކޮރަޕްޝަން އަދި ނަޒާހަތްތެރިކަމާ ގުޅޭ ވީޑިއޯ ސްޕޮޓްތަކެއް އުފެއްދުމެވެ. ކޮރަޕްޝަނާއިމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް ބާރުއެޅުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *