އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ސްކޫލްތަކުގައި ކަރަންޓްގެ ޚިދުމަތް މެދެނުކެނޑި ފޯރުކޮށްދިނުމަށް ފެނަކާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، އަހުމަދު ސައީދުއެވެ.
މި ފަހުމުނާމާގައި ބުނާގޮތުން ޚިދުމަތް ކުރިއެރުވުމަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ތަރައްޤީކުރުމަށް ފެންނަ ކަންތައްތައް ދެފަރާތުން ހިއްސާކުރުމާއި، މިކަން ކުރުމަށްޓަކައި ދެފަރާތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށް ދޭނެއެވެ.
އެއް އަހަރު ދުވަހުގެ މުއްތަށް ކުރިއަށް ގެންދާ މި ފަހުމުނާމާގައި ބުނެފައިވާ ގޮތުން، ފަސްކަމެއް ފެނަކައިން ކުރާނެއެވެ. އެއީ ކަރަންޓްގެ ޚިދުމަތް މެދު ނުކެނޑި ސުކޫލްތަކަށް ދިނުމާއި، ކަރަންޓްވިއުގާ ގާއިމްކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ސްކޫލްތަކުގެ ކަރަންޓްގެ ހާލަތު ބަލާ އެސެސްމަންޓް ރިޕޯރޓް މިނިސްޓްރީ އަށް ހުށަހެޅުމާއި، ސްކޫލްތަކުގައި މިނިސްޓްރީއިން ކަނޑައަޅާ މުވައްޒަފުންނަށް، ކަރަންޓް ހިދުމަތް ފޯރުކޮށްދިނުމުގައި ދިވާމާ ޓެކްނިކަލް އަދި ފަންނީ ތަމްރީންތައް ދިނުމާއި، ސްކޫލްތަކުގެ ކަރަންޓްގެ ވިއުގާއާއި ކަރަންޓާއި ގުޅުންހުރި ޙިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ.
advertisment
ހިޔާލު