ކަލާސް އެވޯޑްގެ ވިނަރއަކަށް ހިމްނާ

ކުޅިވަރުގައި ދަރިވަރުން ހޯދާ ކާމިޔާބީ ފާހަގަކޮށް ދޭ " ކަލާސް އެވޯޑް" ގެ ނިމިގެންދިޔަ އަހަރުގެ ވިނަރއަކަށް އައިޝަތު ހިމްނާ ހަސަން ހޮވައިފިއެވެ.

ހިމްނާއަށް މި އެވޯޑް ހަވާލު ކުރީ ހުރަވީ ސްކޫލްގައި ބޭއްވީ ޚާއްޞަ ރަސްމިއްޔާތުގައި ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މައުރޫފް އަހުމަދެވެ. ހިމްނާއަށް އެ ވޯޑް ލިބުނީ އެތުލެޓިކްސް އިންނެވެ.

" ކަލާސް އެވޯޑް"ގެ އައުޓްސްޓޭންޑިންގ އެތުލީޓުންނަކީ އިމާދުއްދީން ސްލޫލްގެ ނިބާލް އަހުމަދު އާއި އިސްކަންދަރު ސްކޫލްގައި ކޔެވި އައިޝަތު ރަފާ ނާޒިމެވެ. ނިބާލަށް އެވޯޑް ލިބުނީ ބެޑްމިންޓަނުންނެވެ. ރަފާއަށް އެވޯޑް ލިބުނީ ޓޭބަލް ޓެނިހުންނެވެ.

" ކަލާސް އެވޯޑް ގައި 30 ސްކޫލަކުން 224 ކުދިންނަށް ތަފާތު ކުޅިވަރުތަކުން ހޯދި ކާމިޔާބީއަށް އެވޯޑް ލިބިފައިވެއެވެ. ސާދަ ކުޅިވަރަކުން އެވޯޑް ދިނީ ކޮންމެ ކުޅިވަރަކުން ހަތަރު އުމުރު ފުރައަކުން ދެ ޖިންސް ވަކިންނެވެ. މި އެވޯޑް ކަނޑައަޅާފައިވާ އުމުރުފުރާ ތަކަކީ 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް، 18 އަހަރުން ދަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *