އާ މަންހަޖާއެކު، ގްރޭޑް ދިހައަކަށް ކިޔަވައިދޭން ފަށާއިރު، ޤުރްއާނާއި ދިވެއްސާއި އިސްލާމްގެ އިމްތިހާނަށް ބަދަލުތަކެއް ގެނެސްފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެ ހުންނެވި، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން ދަރިވަރު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އަންނަ އަހަރު އެސްއެސްސީއިމްތިހާނުގައި ޤުރްއާން އެސެސްކުރާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ކިޔުމުން އެސެސް ކުރަންޖެހޭ ބަޔަކާއި އެސައިންމަންޓްގެ ގޮތުގައި ނިންމަންޖެހޭ ބައެކެވެ. ދެ އެސައިންމަންޓެއް ހަދަންޖެހޭއިރު، އަންނަ އަހަރު ގްރޭޑް ދިހައަކަށް ބަދަލުވާ ކުދިން ހަދަންޖެހޭ ފުރަތަމަ އެސައިންމަންޓް މިހާރު ވަނީ ސްކޫލްތަކުން އެ ކުދިންނާ ހަވާކުކޮށްފައެވެ. އަންނަ ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން މި އެސައިންމަންޓް ނިންމަންޖެހެއެވެ. ދެވަނަ އެސައިންމަންޓްވެސް ފުރަތަމަ ޓާމް ނިމުމުގެ ކުރިން ނިންމަންޖެހެއެވެ.
އޭނާ ވިދާޅުވީ އެސައިންމަންޓްތަކަށް 40 އިންސައްތަ މާކްސް ކަނޑައަޅާފައިވާއިރު، 40އިންސައްތަ ކަނޑައަޅާފައި ވަނީ ޤުރްއާން ބަލައިގެން ކިޔެވުމުގެ ބަޔަށެވެ. ނުބަލައި ކިޔަންޖެހޭ ބައިތަކަށްވެސް 20 އިންސައްތަ މާކްސް ކަނޑައަޅާފައިވެއެވެ.
" ބަލައިގެން ކިޔވުމާއި ހިތުން ކިޔެވުން އެސެސްކުރާނީ ގްރޭޑް ދިހައަކަށް ކަނޑައަޅާފައިވާ މުގައްރަރާ އެއްގޮތަށް" އިހުސާން ވިދާޅުވިއެވެ. "
އޭނާ ވިދާޅުވީ އަހަރުގެ ކުރިއަށް ޤުރުޢާން އެސެސްކުރަން ނިންމީ އޯލެވެލް އިމްތިހާނަށް ކުދިންނަށް ވަގުތު ދިނުމުގެ ގޮތުންނެވެ.
" ފުރަތަމަ ފަހަރަށް ވީމާ އަޅުގަނޑުމެންނަށް ދިމާވި ކުދިކުދި މައްސަލަތަކާހުރެ ފުރަތަމަ އެސައިންމަންޓް ދެވުނީ ދަށްކޮޅެއް ލަހުން. ސްކޫލް ބަންދު ވުމުގެ ކުރިން ވާނީ ސްކޫލްތަކާ ހަވާލުކުރެވި، ކުދިންނަށްވެސް ފޯރުކޮށްދެވިފައި" އިހުސާން ވިދާޅުވިއެވެ.
އަންނަ އަހަރު އޮންނަ އެސްއެސްސީ އިމްތިހާނުގައި ދިވެއްސާއި އިސްލާމްގެ އިމްތިހާނަށްވެސް ބަދަލުތަކެއް އަންނާނެއެވެ.
ދިވެހި މާއްދާގެ އިމްތިހާން ކަރުދާހަށް މައިގަނޑު ގޮތެއްގައި އަންނާނީ ދޭހައާއި ލިޔުންތެރިކަމާ ގުޅޭ ސުވާލުތަކެވެ. އަދި އިސްލާމް ކަރުދާސް އެކެއްގައި ކުރު ޖަވާބުދޭ ސުވާލުތަކެއް ހިމެނޭއިރު، އަންނަ އަހަރުން ފެށިގެން ކަރުދާސް އެކެއްގައި ޖެހޭނީ ރަނގަޅު ޖަވާބާދިމާކުގައި ރަނގަޅު ފާހަގަލާށެވެ.
އިހުސާން ވިދާޅުވީ އާ ކަރިކިއުލަމާ ގުޅިގެން އިމްތިހާންތަކަށް އަންނަ ބަދަލާ ގުޅިގެން މުދައްރިސުންނަށް ތަމްރީނު ދިނުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގާއި ފަށާނެ ކަމަށެވެ.
advertisment
ހިޔާލު