ކުޚިވަރުގެ ދާއިރާއިން ދަރިވަރުން ހޯދާ ކާމިޔާބީ ތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ތައުލީމާބެހޭ ވުޒާރާއިންދޭ
" ކަލާސްއެވޯޑް" މި ރޭ ހުރަވީ ސްކޫލްގައި އޮންނާނެއެވެ.
މި ހަފްލާގައި 30 ސްކޫލަކުން 224 ކުދިންނަށް ތަފާތު ކުޚިވަރުތަކުން ހޯދި ކާމިޔާބީއަށް އެވޯޑް ލިބިގެންދާނެއެވެ.
ތައުލީމާބެހޭ ވުޒާރާއިން ބުނީ މިއަހަރު އެވޯޑް ދެނީ ސާދަ ކުޅިވަރަކުންނެވެ. މިއިން ކޮންމެ ކުޅިވަރަކުން ހަތަރު އުމުރު ފުރައަކުން ދެ ޖިންސް ވަކިން އެވޯޑް ދޭނެއެވެ. މި އެވޯޑް ކަނޑައަޅާފައިވާ އުމުރުފުރާ ތަކަކީ 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް، 18 އަހަރުން ދަށެވެ.
އެ ވުޒާރާއިން ބުނީ މި އެވޯޑަށް ހުޅުވާލި ފުރުޞަތުގައި މާލޭގެ 16 ސްކޫލަކުންނާއި އަތޮޅުތަކުގެ 15 ސްކޫލަކުން ކުރިމަތިލިއެވެ.
އެ ވުޒާރާއިން ބުނީ މި އަހަރު އަލަށް، މިނިސްޓަރުގެ ޚާއްޞަ އެވޯޑެއް ދޭން ނިންމާފައިވާ ކަމަށެވެ. އެއީ ސްކޫލަކަށް ނިސްބަތް ނުވިއަސް، ސްކޫލްގެ އުމުރުފުރައިގެ ކުއްޖެއްނަމަ އެކުއްޖަކު ކުޅިވަރެއްގައި ބައިވެރިވެ ރާއްޖެއަށް ރީތިނަން ހޯދާދީފައިވާނަމަ ދޭ އެވޯޑެކެވެ.
މިރޭގެ ހަފްލާގައި ކޮންމެ ކުޅިވަރަކުންވެސް އެންމެ މޮޅު ތިން އެތްލީޓުން ހޮވުމާއި، ހުރިހާ ކުޅިވަރަކުން އެންމެ މޮޅު އެތްލީޓަށް ކަލާސް އެވޯޑްގެ ވިނަރ ހޮވާނެއެވެ.
advertisment
ހިޔާލު