ޖޭއެސް ސެލެބްރޭޝަން ނައިޓް ބާއްވާފައިފި

އިންޓަރ ސުކޫލު މުބާރާތްތަކުން 2019 ވަނަ އަހަރު ޖަމާލުއްދީން ސުކޫލަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ޓަކައި " ޖޭ.އެސް ސެލެބްރޭޝަން ނައިޓް" ގެ ނަމުގައި ރޭ ޖަމާލުއްދީން ސްކޫލުގައި ބޭއްވި މި ހަފުލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލެވެ.

އިތުރު ހަރަކާތްތަކުގައި ބައިވެރިވި ދަރިވަރުން ހަނދާނީ ލިޔުން ބައްސަވައި ދެއްވީ ޝަރަފުވެރި މެހުމާނާއި ސްކޫލުގެ ވެރީންނެވެ. މި އަހަރު ޖުމުލަ 11 ދާއިރާއަކުން 24 މުބާރާތެއްގައި ޖަމާލުއްދީން ސްކޫލް ބައިވެރިވެފައިވެއެވެ. އެގޮތުން 66 ޓީމެއް ބައިވެރިވެ 410 ދަރިވަރަކަށް ފުރުޞަތު ހޯދައިދީފައިވާކަން ވެސް ފާހަގަކުރެވެއެވެ.

ޖަމާލުއްދީން ސުކޫލުގެ މި އަހަރުގެ ކާމިޔާބުތަކަށް ބަލާއިރު އިންޓަރ ސްކޫލު މުބާރާތްތަކުގައި ބައިވެރިވި 12 ޓީމެއް ޗެމްޕިއަންކަން ހޯދާފައިވާ އިރު، 5 ޓީމަކަށް ރަނަރަޕްކަން ލިބިފައި ވެއެވެ. އަދި 6 ޓީމަކަށް ވަނީ 3 ވަނަ ލިބިފައެވެ.

ރޭގެ ޖަލްސާގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އިތުރު ޙަރަކާތްތަކުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ. އަދި އިތުރު ހަރަކާތަކީ ވެސް އުނގެނުމުގެ ބައެއްކަން ފާހަގަކުރައްވައި އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމަށް ދަރިވަރުންނަށް ހިތްވަރުދެއްވިއެވެ.

އިތުރު ހަރަކާތްތަކުގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ހަފުލާގައި މުދައްރިސުންނަށާއި މުރުޝިދުންނަށް ވެސް ހަނދާނީ ލިޔުން ދީފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *